އެ ޕާކުގައި ސްކޭޓްކުރާނެ ބަޔަކާއި ކުޑަކުދިންނަށް ބައިވެރިވެވޭނެ ގޮތަށް އިޖްތިމާއީ ހަރާކާތްތަކާއި އިވެންޓްތައް ބޭއްވުމަށް ހާއްސަ ސަރަހައްދެއްވެސް ހިމެނޭކަމަށް ބީއެމްއެލްއިން ބުނެއެވެ. އެ ޕްރޮޖެކްޓް ގެ އަމާޒަކީ ރަށުގެ ކުޑަކުދިންނާއި ޒުވާނުންނަށް ހުސްވަގުތުގައި އާ ހުނަރެއް ދަސްކޮށްދިނުމާއި އެކުވެރި މާހައުލެއް ގާއިމްކޮށް ހެލިފެލިވެ އުޅުން އިތުރު ކުރުމަށް ބާރުއެޅުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ބީއެމްއެލްއިން ބުނީ ރަށުގައި ރާޅާއެޅުމަކީ އާންމުކޮށް ކޮށްއުޅޭ ކަމަކަށްވާއިރު އެ ރަށުގެ ކުދި ބޮޑު އެންމެންނަށްވެސް އެ ޕާކު ބޭނުންކޮށްގެން ރާޅާއެޅުމުގެ ހުނަރު ދަސްކުރެވޭނެކަމަށެވެ.
ކޮމިއުނިޓީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރީ ހުވަދޫ އެސޯސިއޭޝަން ފޯ ޓުއަރިޒަމް (ހެޓް)އިންނެވެ.
ބޭންކް އޮފް މޯލްޑިވްސް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެއް ކަމަށް ބީއެމްއެލްއިން ބުނެއެވެ.