ads
ހިނގާ އުޅޭ މިޔަރެއް
އޮސްޓްރޭލިޔާއިން ހިނގާފައި އުޅޭ މިޔަރުތަކެއް ފެނިއްޖެ
އޮސްޓްރޭލިޔާގެ ރަށެއް ކަމަށްވާ ނިއު ގީނީއިން ހިނގާފައި އުޅޭ މިޔަރުތަކެއް ފެނިއްޖެއެވެ.

އިންސާނުންނެކޭ އެއްފަދައިން ހިނގާފައި ދިރިއުޅޭ މިވައްތަރުގެ މިޔަރުތަކަކީ އޮސްޓްރޭލިޔާ ނިއު ގިނީގެ ސަރަހައްދުގައިވާ މޫދުގެ ތިލަ ހިސާބުތަކުން ފެނިފައިވާ މިޔަރުތަކެކެވެ. ކުދިކޮށް ހުންނަ މި މިޔަރުތައް ކައިއުޅެނީ މޫދުގައިވާ މުރަކައާއި މުރަކައިގައި ދިރިއުޅޭ ކުދި މަސްތަކެވެ. 

މިކަމާއި ގުޅިގެން، ކުއީންސް ޔުނިވާސިޓީ، ކޮންޒަވޭޝަން އިންޓަނޭޝަނަލް، ކޮމޮން ވެލްތު ސައިންޓިފިކް އެންޑް އިންޑަސްޓްރިއަލް ރިސާޗް އޯގަނައިޒޭޝަން، ދަ ފްލޯރިޑާ މިއުޒިއަމް އޮފް ނެޗުރަލް ހިސްޓްރީގެ އިތުރުން އިންޑޮނޭޝިއަން އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް އިންޑޮނޭޝިއަން މިނިސްޓްރީ އޮފް މެރިން އެފެއާޒް އެންޑް ފިޝަރީޒް އިން އާންމުކުރި ރިސާޗް އާޓިކަލް ކަމަށްވާ "މެރިން އެންޑް ފްރެޝް ވޯޓާ ރިސާޗް" ގައި ވާގޮތުން މިފަދަ 9 ވައްތަރެއްގެ މިޔަރެއް ފެނިފައިވާކަމަށް ހޯދިފައިވެއެވެ.

މެރިން އެންޑް ފްރެޝް ވޯޓާ ރިސާޗްގެ ކޯ އޯތާ މާކް އެޑްމަން ބުނާގޮތުގައި އޮސްޓްރޭލިޔާގެ ދެކުނު އައްސޭރިި ސަރަހައްދުންވެސް މިފަދަ މިޔަރުތަކެއް ފެނިފައިވެއެވެ. އުރަހައިގެ އެހީގައި ދަތުރުކޮށްހަދާއިރު، އެސޮރުމެންނަކީ ދަތުރުކޮށް ހަދާއުޅޭ ބައެއް ނޫންކަމަށާއި، މޭލެއްގެ ދުރުމިނަށްވެސް ދަތުރުކޮށް ނަހަދާކަމަށް އެޑްމަން ބުނެއެވެ.

މޫދުގައި ފެތުމުގެ ބަދަލުގައި އެސޮރުމެން އުޅެނީ އެސޮރުމެންގެ އުރަހައިގެ އެހީގައި ހިނގާފަ. މީގެ ސަބަބުން މުރަކަ ތެރޭގައި ފޮރުވިފައިހުރި މަސްތައް ހޯދާ ޝިކާރަކުރަންވެސް ފަސޭހަވެގެންދޭ. އަދި މިބާވަތުގެ މިޔަރުތަކަކީ އުފެދުނީއްސުރެން އުފެދުނު ތަނެއްގައި ނުވަތަ އުފެދުނު މުރަކަ ތެރޭގައި ދިރިއުޅޭ މިޔަރުތަކެއް. މޭލެއްގެ ދުރުމިނަށްވެސް ދަތުރެއް ނުކުރާނެ. ދެވުނަސް ދެވޭނީ އޮއިވަރާއިއެކު.
- މާކް އެޑްމަން

ސައިންޓިސްޓުން ގަބޫލުކުރާ ގޮތުގައި ދިރޭ ދިރުންތަކަށް އަންނަ މިފަދަ ބަދަލުތަކަކީ މާހައުލަށް އަންނަ ބަދަލުތަކާއިއެކު އަންނަ ބަދަލުތަކެކެވެ. އަދި ކުރިއަށް އޮތް މުސްތަގުބަލުގައިވެސް ދުނިޔޭގައިވާ އެކި ދިރުންތަކަށް އެކިކަހަލަ އާދަޔާ ހިލާފު ބަދަލުތައް އައުން އެކަށީގެންވާކަމަށް ރިސާޗަރުން ބުނެއެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް