ads
އެމް.ޓީ.ސީ.ސީ
ށ.ފީވަކު ފުޓުބޯޅަ ދަޑުގެ އަމަލީ މަސައްކަތް ފަށައިފި
ށ.ފީވަށް ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް 7 ޖުލައި 2021 ވަނަ ދުވަހު ފެށާފައިވާކަމަށް އެމް.ޓީ.ސީ.ސީ އިން ބުނެފިއެވެ.

ށ.ފީވަށް ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫޢުގެ ދަށުން، 8400 އަކަ މީޓަރުގެ ސަރަޙައްދެއް ސާފުކުރުމަށާ، ފުޓްބޯޅަ ދަނޑުގެ 2940 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ކޮނުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމް.ޓީ.ސީ.ސީ އިން ބުނެފައިވެއެވެ. 

މީގެ އިތުރުން މިސަރަހައްދު ކޮނުމަށްފަހު ބިންގަނޑު އެއްވަރުކުރަން 4511.70 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމަށް ހަމަޖެހިފައި ވާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި މި މަޝްރޫއުގެ ދަށުން 460.29 އަކަ މީޓަރުގެ ސަރަޙައްދެއްގައި ކާނުގަޑު ވަށައިގެން ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށާ، ކާނު ގަނޑަކާއި ފެންހިންދާ ވަޅުގަނޑެއް ކޮނުމުގެ މަސައްކަތް ހިމެނޭކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މި މަޝްރޫޢަކީ 2.6 މިލިއަން ރުފިޔާގެ މަޝްރޫޢެއްކަން އެކުންފުނިން ފާހަގާކޮއްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް