ޖީހާންއަކީ މިވަގުތު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމެޓީގެ މުގައްރިރުކަންވެސް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. އައިޕީޔޫގެ ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ މެންބަރުކަމަށް ޖީހާންގެ ނަން ފޮނުވާފައިވަނީ ރައްޔިތުންގެ މަޖިލީހުންނެވެ.
އޭޝިޔާ ފެސިޕިކް ގްރޫޕުން ޖީހާން އެކޮމެޓީއަށް އިންތިހާބުވެގެންދިޔައިރު، މިއީ ރާއްޖެއިން ބޭފުޅަކު އެ ކޮމެޓީއަށް އިންތިހާބުވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.