ރައީސް ވިދާޅުވީ އައިޕީޔޫގައި ކޮމެޓީއަށް ޖީހާން އައްޔަނުވެ ވަޑައިގަތުމާއި ގުޅިގެން ވަރަށް ހޫނު މަރުހަބާއެއް ދަންނަވާކަމަށެވެ.
މިއަދު މެންދުރުގެ ވަގުތެއްގައި ރައީސް ކުރެއްވި ޓްވީޓްގައި އެމަނިކުފާނު ވަނީ، އައިޕީޔޫގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވި ޖީހާންއަކީ މަގާމަށް ގާބިލު ބޭފުޅެއްކަމަށް ވިދާޅުވެފައެވެ.
އަދި މުޖުތަމައުތަކުން ޑިމޮކްރަސީ ހަރުދަނާކުރުމަށާއި، އިންސާނީ ހައްގުތައް ހޯދުމަށް ބައިނަލްއަގުވާމީގޮތުން ކުރާ މަސައްކަތަށް ޖީހާންގެ ސަބަބުން ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އެއްވެސް ޝައްކެއްނެތި ގަބޫލުކުރައްވާކަމަށެވެ.
އޭޝިޔާ ފެސިޕިކް ގްރޫޕަށް ޖީހާން އިންތިހާބުވެގެންދިޔައިރު، މިއީ ރާއްޖެއިން ބޭފުޅަކު އެ ކޮމެޓީއަށް އިންތިހާބުވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.