ސްނިލް ޝެޓީގެ އެޕާޓްމެންޓް ހުންނަ ބިލްޑިން ބަންދުކޮށްފައި ވަނީ އިންޑިއާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ނުރައްކާތެރި ވޭރިއެންޓް، ޑެލްޓާ ވޭރިއެންޓްގެ ކޭސްތަކެއް އެ ބިލްޑިން އިން ފެނުމާ ގުޅިގެންނެވެ.
ސްނިލް ޝެޓީގެ ތަރުޖަމާނު މީޑިއަށް ބުނިގޮތުގައި ސްނިލް ޝެޓީ ދިރިއުޅޭ އެޕާޓްމަންޓް ދިިރިއުޅޭ އިމާރާތް ވަގުތީގޮތުން ބަންދުކުރިއިރު އޭނާ ހުރީ އަވަށުން ބޭރުގަ އެވެ. އަދި ސްނިލް ޝެޓީގެ އިތުރުން އޭނާގެ އާއިލާ ވެސް މިހާރު ތިބީ ރައްކާތެރި ތަނެއްގައިކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮއްފައެވެ.
އިންޑިއާގައި ކޮވިޑް ބަލީގައި އެތައް ހާސް ބަޔަކު މަރުވަމުން އަންނަ އިރު، ޑެލްޓާ ވޭރިއެންޓަކީ އެހެން ވޭރިއެންޓުތަކަށް ވުރެ ނުރައްކާތެރިކަން ބޮޑު އަދި ހަލުވިކަމާއެކު ފެތުރެމުންދާ ވޭރިއެންޓެކެވެ.
ސްނީލް ޝެޓީގެ އެޕާޓްމެންޓް ހުންން ބިލްޑިން އިން މިހާތަނަށް ފެނިފައިވާ ކޭސްތަކުގެ އަދަދު ވަނީ ފަހަކށް ވުރެ މައްޗަށް އަރާފައިކަމަށް ނޫސްތަކުގައި ވަނީ ރިޕޯޓުކޮއްފައެވެ. ބީއެމްސީން މި ބިލްޑިން ބަންދުކޮއްފައިވަނީ އެ ކޯޕަރޭޝަންގެ ރޫލްސް ތަކުގެ ތެރއިން މީހުން ދިރިއުޅޭ ބިލްޑިންއަކުން ކޮވިޑްގެ ކޭސްތަކުގެ އަދަދު ފަހަކަށް ވުރެ މައްޗަށް ގޮސްފިނަމަ މުޅި ބިލްޑިން އަށް ވަދެ ނިކުމެ ހެދުން ވަގުތީ ގޮތުން މަނާކުރާ އުސޫލުގެ ދަށުންނެވެ.
ފާއިތުވި ދުވަސްތަކުގައި ބޮލީވުޑްގެ ގިނަ ތަރިންނަށް ވެސް ވަނީ ކޮވިޑް ބަލި ޖެހި ރަނގަޅުވެފައެވެ.