ads
އޮޑިޓަ ޖެނެރަލް ކަމުގެ ފަތްކޮޅު ނިޔާޒީއަށް ރައީސް އަރުވަނީ—ފޮޓޯ: ރައީސް އޮފީސް
އޮޑިޓަ ޖެނެރަލްގެ މަގާމަށް ނިޔާޒީ ‏އައްޔަން ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަމަދު ސާލިހް، އޮޑިޓަ ޖެނެރަލްގެ މަޤާމަށް ގަލޮޅު އައިފަ، ހުސައިން ނިޔާޒީ ‌މިއަދު އައްޔަން ކުރައްވައިފި އެވެ.

އޮޑިޓަރ ޖެނެރަލްގެ މަގާމަށް އައްޔަނު ކުރެއްވި ނިޔާޒީއަށް މަގާމުގެ ފަތްކޮޅު ހަވާލު ކުރެއްވުމުގެ ‌‏ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުކުރީ ރައީސް އޮފީހުގައެވެ. ‏ފަތްކޮޅު ދެއްވުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަޑިޔާރު މަހާޒު އަލީ ޒާހިރުގެ ކުރިފުޅުމަތީގައި، އޮޑިޓަ ޖެނެރަލް ކަމުގެ ހުވާ، ‌‌‏ ނިޔާޒީ ‏ކުރައްވައި، ‌‌‏ހުވައިގެ އިގްރާރުގައި ސޮއިކުރައްވާފައިވެއެވެ.

ނިޔާޒީ އަކީ އޮޑިޓަ ޖެނެރަލް އޮފީހުގެ ތަފާތު އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. މިގޮތުން ނިޔާޒީ ފުރުއްވި މަގާމުތަކުގެ ތެރޭގައި އެސިސްޓަންޓް އޮޑިޓަ ޖެނެރަލްގެ މަގާމާއި، އޮޑިޓް މެނޭޖަރުކަމުގެ މަގާމް ހިމެނެއެވެ. އަދި މީގެ އިތުރުން އެސިސްޓަންޓް އޮޑިޓަރު ކަމުގެ މަގާމުވެސް އަދާކުރައްވާފައިވެއެވެ. 

ނިޔާޒީ ވަނީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓްސް އޮފް ދި މޯލްޑިވެސްގެ އެޑްމިޝަން އެންޑް ލައިސަންސިން ކޮމިޓީގެ ޗެއާޕާސަންކަންވެސް އަދާކުރައްވާފައިވެއެވެ. ނިޔާޒީއަކީ މި ދާއިރާއާ ގުޅޭ ތަފާތު އެކި މަގާމުތައް ފުރުއްވައި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް