
ތާޕްސީ ބޭނުންވަނީ މި ޕްރޮޑަކްޝަން ހައުސް މެދުވެރިކޮށް މި ދާއިރާއަށް އަލަށް ނިކުންނަން ބޭނުންވާ ފަންނާނުންނަށް އެހީވެދިނުމެވެ. ތާޕްސީ ވަނީ އޭނާގެ ޕްރޮޑަކްޝަން ހައުސްއިން ނެރޭ ފުރަތަމަ ފިލްމުވެސް އިޢުލާންކޮށްފައެވެ.
ޓުވިޓާގައި މިކަން ހާމަކޮށް ތާޕްސީ ބުނީ އޭނާގެ ޕްރޮޑަކްޝަން ހައުސްގެ ފުރަތަމަ އުފެއްދުމަކީ "ބްލާ" ކަމުގައެވެ. ތާޕްސީވެސް ފެންނާނެކަމަށް ބުނާ މި ފިލްމު ޑައިރެކްޓްކުރަނީ އަޖޭބާލް އެވެ. އަޖޭ މީގެކުރިން ވަނީ "ސެކްޝަން 375" އަދި "ބީއޭ ޕާސް" ޑައިރެކްޓްކޮށްފައެވެ.
ތާޕްސީ ގެ އެންމެ ފަހުގެ ފިލްމު "ޙަސީން ދިލްރުބާ"އަށް ރަނގަޅު އާމްދަނީއެއް ލިބެމުން އަންނައިރު އެ ފިލްމަށް ކްރެޓިކްސް އިން ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އަދި އެ ފިލްމެއްގެ ދެވަނަ ބަޔަކަށް އިންތިޒާރުކުރާކަންވެސް ބައެއް މީހުންވަނީ ބުނެފައެވެ.
ތާޕްސީ ދެން އެންމެ އަވަހަށް ފަށާނީ "ޝާބަޝް މީތޫ" ގެ މަސައްކަތެވެ. "ރަޝްމީ ރޮކެޓް"، "ލޫޕް ލަޕޭޓާ" އަދި "ދޮބާރާ" އަކީ ތާޕްސީގެ ކުރިއަށްހުރި ފިލްމުތަކެވެ.