އަލްޖަޒީރާއިން ރިޕޯޓުކުރާގޮތުގައި ރަހީނުކޮށްފައިވަނީ ޗައިނާ 3 މީހުންނާއި މޮރިޝަސް 2 މީހުންނެވެ.
މިކަން ހިންގާފައިވަނީ ކޮވާލާ ޓައުނާއި 55 މޭލެ ދުރުގައި ހުރި ކޮންސްޓްރަކްޝަން ސައިޓެއްގައެވެ. އެމީހުން އެ ސައިޓްތެރެއަށް ވަދެގަނެ 5 ޕިކަޕް ޓުރަކް އަދި ރަހީނު ކޮށްފައިވާ މީހުން ގެންގޮސްފައިވާކަމަށް މާލީގެ ސިފައިންގެ އިދާރާއިން ނެރުނު ސްޓޭޓްމަންޓެއްގައިވެއެވެ.
އެ މީހުން އެ ސައިޓުގައި ހުރި ތަކެއްޗަށްވެސް ގެއްލުންދީފައިވާކަމަށް މާލީގެ ސިފައިންބުނެއެވެ. އެ ގޮތުން ކެރޭނާއި ވެލިއުފުލާ ލޮރީ އަދި މަގުހަދަން ބޭނުންކުރާ އުޅަނދުތައްވެސް ހަލާކުކޮށްފައިވާކަމަށް މާލީގެ ސިފައިންގެ އިދާރާއިން މައުލޫމާތުދެއެވެ.
މޮރިޝަސްގެ ހަބަރު ފަތުރާ އިދާރާއެއްކަމުގައިވާ އަލް-އަކްބަރު ނިއުސް އެޖެންސީން ބުނާ ގޮތުގައި ސައިކަލުގައި ދަތުރުކުރަމުން ދިޔަ މި ހަތިޔާރު އެޅި މީހުން ރަހީނު ކުރި މީހުން ގޮވައިގެން އެތަނުން ފިލުމުގެ ކުރިން ވަނީ އެ ތަނުގައި ބޭނުން ކުރަމުންދިޔަ އުޅަނދުތަކާއި ފިއުލް ޓޭންކެއްގައި ރޯކޮށްލާފައިއެވެ.
މާލީ އަކީ އައިއެސް އަދި އަލްގައިދާ އާއި ގުޅުން ހުރި ހަނގުރާމަވެރިންނާއި 2012 ވަނަ އަހަރުން ފެށިގެން ހަނގުރާމަ ކުރަމުން އަންނަ ގައުމެކެވެ. މިކަމުގެ ސަބަބުން އެތައް ހާސް ބަޔެއް މަރުވެ ގިނަބަޔަކު އެ މީހުންގެ ގެދޮރު ދޫކޮށް ފިލާފައިވެއެވެ.
މާލީގައި ބޭރު މީހުން އަދި މާލީ މީހުން ރަހީނުކުރުމަކީ ވަރަށް ގިނައިން ހިނގަމުންއަންނަ ކަމެކެވެ.