ads
މާމިގިލީ އެއާޕޯޓު: ފޮޓޯ ހޮޓެލިއާ މޯލްޑިވިސް
މާމިނގިލީ އެއާޕޯޓް އެޅުމުގެ އެއްބަސްވުން ބަދަލުކުރި މައްސަލަ އޭސީސީން ބަލަނީ
އދ. މާމިނގިލީގައި އެއާޕޯޓެއް އެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީއާއި ވިލާ ޝިޕިންއާއި ދެމެދު 2001 ވަނަ އަހަރު ވެފައިވާ އެއްބަސްވުމަށް އެކިފަހަރު މަތިން ބަދަލުގެނެސްފައިވާ މައްސަލަ ތަހުގީގުކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނިންމައިފި އެވެ.
އދ. މާމިނގިލީގައި އެއާޕޯޓެއް އެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީއާއި ވިލާ ޝިޕިންއާއި ދެމެދު 2001 ވަނަ އަހަރު ވެފައިވާ އެއްބަސްވުމަށް އެކިފަހަރު މަތިން ބަދަލުގެނެސްފައިވާ މައްސަލަ ތަހުގީގުކުރުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނިންމައިފި އެވެ.

އެމައްސަލަ އޭސީސިން ތަހުގީގުކުރުމަށް ނިންމާފައިވަނީ އެ އެއްބަސްވުމަށް އެކިފަހަރު މަތިން ބަދަލުގެނެސްފައިވަނީ ރާއްޖޭގައި ހެދިފައިހުރި ގާނޫނުތަކާއި ހިލާފަށް ވަކިފަރާތަކަށް ނާޖައިޒު މަންފާއެއް ހޯދައިދިނުމަށްކަމަށް ބުނެ އަމިއްލަ ފަރާތަކުން އޭސީސީއަށް މައްސަލަ ހުށަހެޅުމާއި ގުޅިގެންނެވެ.

މާމިގިލީ އެއާޕޯޓު އެޅުމަށް ހުއްދަ އަށް ގެނައި ބަދަލުތައް:

މާމިގިލީގައި އެއާޕޯޓު އެޅުމަށް ހުއްދަ ދީފައިވަނީ 16 އޮގަސްޓު 2005 ވަނަ އަހަރުއެވެ. އެ ހުއްދަ ދީފައިވަނީ މިނިސްޓްރީ އޮފް އާބަން ޑެވެލޮޕްމަންޓުންނެވެ. 2008 ވަނައަހަރުގެ އޮކްޓޫބަރު މަހުގެ ކުރިން ވަނީ މި ހުއްދައަށް ބައެއް ބަދަލު ގެނެސްފައެވެ.



މާމިގިލީ އެއާޕޯޓު އެޅުމަށް ހުއްދަ ދީފައިވާ މިންވަރާއި، ހުއްދަނެތް ސަރަހައްދުގައި މަސައްކަތް ކޮށްފައިވާކަން ހާމަވާ ޗާޓެއް: ފޮޓޯ ކިއުންތެރިއެއް

މަތީގައިވާ ފޮޓޯގެ ކަނާތްފަރާތުގައިވާ ޗާޓުން ރަތް ކުލައިން ފާހަގަކޮށްފައިވަނީ އެއާޕޯޓު އެޅުމަށް އެންމެ ފުރަތަމަ ހުއްދަ ދީފައިވާ މިންވަރެެވެ. ވާތް ފަރާތުން ފެންނަ ޗާޓުގައި ރަތް ކުލައިން ފާހަގަ ކޮށްފައިއެވަނީ އެއާޕޯޓު އެޅުމަށް ބިން ބޭނުންކުރިގޮތެވެ.

މާމިގިލީ އެއާޕޯޓު އެޅުމަށް ނުގަވައިދުން ކަންކަން ކުރާ މައްސަލަ އެންމެ ފުރަތަމަ ސަރުކާރުގެ ސަމާލު ކަމަށް ގެނެސްފައިވަނީ، 2010 ވަނަ އަހަރުގެ އޭޕްރީލް 12 ވަނަ ދުވަހުއެވެ. އދ. އަތޮޅު ކައުންސިލަރުގެ ގޮތުގައި އޭރު ހުންނެވި އިބްރާހީމް މައުރޫފްއެވެ، މެދުއުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ނައީމަށް ފޮނުއްވި ސިޓީގައި މައުރޫފް ވަނީ މާމިގިލީގެ ބިން ނުވަގަވާއިދުން ބޭނުންކުރަމުން ދިޔަ ގޮތުގެ ތަފްސީލު ހިމަނުއްވާފައެވެ.

އެސިޓީގައި ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާ ކަންތައްތަކުގެ ތެރޭގައި، މީހުންނަށް ދޫކޮށްފައި ހުރި ބަންޑާރަ ގޯތިތަކުގެ އެތެރެއިން އެއާޕޯޓުގެ ފެންސު ޖަހާފައިވުމާ، އެރަށުގެ ކުނިކޮށި، ފެންޕްލާންޓު، އަދި ތެޔޮ ރައްކުރުމަށް ކަނޑައަޅާފައިވާ ބިން އެއާޕޯޓު އެޅުމަށް ބޭނުންކުރަމުން އަންނާތީ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެއީ މާމިގިލީގެ ލޭންޑްޔޫސް ޕްލޭނާ ހިލާފަށް ކޮށްފައިވާކަމެއްކަން އޭނާ އޭރު ފޮނުވި ސިޓީގައި ފާހަގަކޮށްފައިވެއެވެ.

"މާމިގިލީ ލޭންޑްޔޫސް ޕްލޭނާ އެއާޕޯޓު ފެންސާއި އެއަރ ޕޯޓު ރަންވޭމެދާއި ދެމެދުގައި އިންޑަސްޓްރިއަލް ޒޯނާއި ދިމާލުން ހުނަންޖެހޭނީ 106.068 މީޓަރު ނަމަވެސް، މިހާރު އެދެމެދު ދުރުމިނުގައި 303 މީޓަރު ހުރިކަން ފާހަގަކުރެވެއެވެ." ސިޓީގައި ބުނެގައިވެއެވެ. އަދި އިތުރު ބައެއް ސަރަހައްދުތަކުން 57.47 މީޓަރު ބޭރަށް ފެންސު ނެރިފައިވާކަން ފާހަގަކޮށްފައިވެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް