އިމިގްރޭޝަންގެ އޮފިޝަލަކު ވިދާޅުވީ، ދުވަހުކުވެސް ރާއްޖެ ނާދެވޭ ގޮތަށް އެމީހާ އިއްޔެ ޑީޕޯޓްކޮށްލާފައިވާ ކަމަށެވެ. ޑީޕޯޓްކޮށްލީ ގައުމީ ސަލާމަތައް ނުރައްކާވާ ކަހަލަ ކަމަކަށްވާތިވެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން ބުނީ ވަޒަން ފެނިފައިވަނީ ނެމީބިއާއަށް ނިސްބަތްވާ 60 އަހަރުގެ މީހެއްގެ ދަބަހުން ކަމަށެވެ. އޭނާ އަތުން ވަޒަންތައް ފެނިފައިވަނީ ސެކިއުރިޓީއިން ޗެކް ކުރަމުން ދިޔަ ވަގުތުގައެވެ.
މިމަހުގެ 10 ވަނަ ދުވަހުގެ ހެނދުނު ފުލުހުންގެ އިދާރާއަށް މިމައްސަލަ ހުށަހެޅިފައިވާއިރު، މިމައްސަލައާއި ގުޅޭ ކަންކަން ބަލަމުން ގެންދާކަމަށް ފުލުހުން ވަނީ މީގެ ކުރިން މައުލޫމާތުދީފައެވެ.