ads
މަސްވެރިންގެ ޕާކުގައި ބަހައްޓާފައި ހުރި ގާޑިޔާތައް-- ފޮޓޯ: މުހައްމަދު ޝަރުހާން
ގިނަ މައްސަލަތަކަކާއި ހެދި ގާޑިޔާތައް ނަގަން އަންގައިފި
ސާފުތާހިރުކަން ކުޑަވުމާއި ބިދޭސީން ގާޑިޔާތައް ހިންގާ މައްސަލަތަކާ ހުރެ މާލޭގެ ގާޑިޔާތައް ނަގަން މާލޭ ސިޓީ ކައުންސިލުން އެތަންތަނަށް އަންގައިފި އެވެ.
Advertisement
ސާފުތާހިރުކަން ކުޑަވުމާއި ބިދޭސީން ގާޑިޔާތައް ހިންގާ މައްސަލަތަކާ ހުރެ މާލޭގެ ގާޑިޔާތައް ނަގަން މާލޭ ސިޓީ ކައުންސިލުން އެތަންތަނަށް އަންގައިފި އެވެ.

އެކަމާއި ގުޅިގެން މާލޭ ސިޓީގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ފަޒީން ސީއެންއެމްއަށް ވިދާޅުވީ މާލޭގައި ވިހި ގާޑިޔަލެއް ހިންގަމުން އަންނައިރު އޭގެ ތެރެއިން ދެ ގާޑިޔާލެއް ފިޔަވައި ހުރިހާ ގާޑިޔާތަކުގެ އެގްރީމެންޓް ވަނީ މިދިޔަ އަހަރު ހަމަވެފައި ކަމަށެވެ.

މިމަހުގެ ދިހަ ވަނަ ދުވަހުގެ ކުރިން އެތަންތަން ހުސްކުރަން އަންގާފައި ވާއިރު ފަޒީން ވިދާޅުވީ އެގޮތަށް އަންގަން ޖެހުނީ ހަމައެކަނި ސާފުތާހިރުވުން ކުޑަވުމުން ނޫން ކަމަށެވެ.

އެގޮތުން ގާޑިޔާތަކުން އަންނަނީ ކުނި ބެހެއްޓުމުގެ ގަވައިދާ ވެސް ހިލާފުވަމުން ކަމަށާއި އެތަންތަން ދިވެހިންގެ އަތުން ނަގައި ބިދޭސީން ވެސް ހިންގަމުން އަންނަ ކަމަށެވެ.

އެގޮތުން ހަތަރުވަނަ ފަރާތަކަށް އެތަންތަން ދޫކޮށްފައި ހުންނަ މައްސަލަތައް ވެސް އެބަހުރި ކަމަށް ފަޒީން ވިދާޅުވި އެވެ.

އޭގެ އިތުރުން މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވެސްޓް ޕާކު ސަރަހައްދުގެ ގާޑިޔާތަކުގެ ސާފުތާހިރުކަން ބެލުމަށް އެޗްޕީއޭއިން ކުރި ސާވޭއިން ދައްކާ ގޮތުގައި ވެސް އެތަނަކީ ކާބޯތަކެތީ ހިދުމަތް ދޭން އެކަށީގެން ނުވާ ތަނެއްކަން އެނގޭ ކަމަށް ފަޒީން ވިދާޅުވި އެވެ.

އެތަންތަނުގަ ހުރި މައްސަލަތަކާ ގުޅިގެން އެކަންކަން އިސްލާހު ކުރުމަށް އެތަށް ފަހަރަކު ގާޑިޔާތަކަށް އެންގި ނަމަވެސް ރަނގަޅު ކޮށްފައި ނުވާ ކަމަށް ވެސް ފަޒީން ވިދާޅުވި އެވެ.

"ވެސްޓް ޕާކް ސަރަހައްދުގަ ވެސް އަދި އެހެން ސަރަހައްދުތަކުގަ ވެސް ރަނގަޅަށް ތަނެއް ހިންގަމުން އަންނަންޏާމުން އަޅުގަނޑުމެން އެތަންތަން އެހެން ތަނެއްގަ ރިލޮކޭޓް ކުރާނަން. އަޅުގަނޑުމެން މިހާރު މި ވިސްނަނީ ވެސްޓް ޕާކް ސަރަހައްދު ހުސްކޮށްފަ އެ އެމަގު ހުޅުވާލަން. ވަރަށް ބޮޑު މައްސަލައެއް އެއީ އެސަރަހައްދުގަ ޕާކު ކުރާނެ ޖާގަ ނެތުމަކީ ވެސް. އެތަނުގަ މަސްބާނަން އިންނަ ޑެކް ވެސް އެބަޖެހޭ ރީތިކުރަން،" ފަޒީން ވިދާޅުވި އެވެ.

ފަޒީން ވިދާޅުވީ ގާޑިޔާގެ މަސައްކަތްތަކާއި ސިޓީ ކައުންސިލުން ހަވާލުވިއިރު އެކަން އޮތީ ވަރަށް ބޮޑަށް ބޮއްސުންލާފައި ކަމަށެވެ.

"މިހާރު އެމީހުން އެއްޗެހި މި ދޮންނަނީ ވެސް ޖަގެއްގަ ހަދާފަ އެ އެތި މި ޓައްޕަކަށް އަޅާފަ ހުންނަ ފެނުން ދޮވެލަނީ. ހުރިހާ އެއްޗެއް ވެސް ހަމަ އެ ޓައްޕަށް ލާފަ ދޮވެލާނީ. އެކަމަކު ގާޑިޔާތައް ރަނގަޅު ކުރަން އަޅުގަނޑުމެން މިހާރު އެބަ ވިސްނަން،" އޭނާ ވިދާޅުވި އެވެ.

ފަޒީން ވިދާޅުވި ގޮތުގައި ގާޑިޔާތަކުން ފެން ލިބޭނެހެން އެތަންތަން ހެދުމަކީ ކައުންސިލުގެ އަމާޒެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް