ads
ޝިލްޕާ ޝެޓީ އޭނަގެ އަގު ބޮޑު އަތުކުރި ގަޑި އަޅައިގެން-
ފިރިމީހާއަށް ކުރާ ތުހުމަތުތަކާ ގުޅިގެން ޝިލްޕާ ޖަޖު ކަމުން ވަކިކުރަނީ
ބަހަރަހާނާ ފިލްމު އުފެއްދި މައްސަލައިގައި ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ހައްޔަރު ކުރުމުން ޝިލްޕާއަށް ވެސް އެތައް ބައެއްގެ ފާޑުކިޔުން އަމާޒްވިއެވެ.
Advertisement

މީހުން ފުރައްސާރަ އާއި ގަނާ ވެސް ކުރަމުން އަންނަ އިރު ބައެެއް މީހުން ވަނީ ޝިލްޕާ ޖަޖުކަން ކުރާ ސުޕާ ޑާންސާ ޗެޕްޓާ 4 ގެ ޖަޖު ކަމުން އޭނާ ވަކިކުރަން ގޮވާލާފައެވެ. 

ރާޖު ކުންދުރާ ހައްޔަރުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހު ހުށަހެޅި މައްސަލަ އަކާ ގުޅިގެންނެވެ. އަދި އެ މައްސަލަ މުމްބާއީ ފުލުހުން އައީ ތަހުގީގުކުރަމުންނެވެ.

މުމްބާއީ ފުލުހުން ބުނެފައިވާ ގޮތުގައި މި މައްސަލައިގައި އެކަށީގެންވާ ހެކި އެބަހުރިއެވެ. 

މި މައްސަލައިގައި ޝިލްޕާ ހިމެނޭ ކަމެއް އަދި ސާފެއް ވެފައެއް ނުވެއެވެ. ނަމަވެސް މައްސަލައިގެ ސަބަބުން ޝިލްޕާގެ މުސްތަގުބަލް ފެންނަނީ ބަނަކޮށެވެ. 

ޝިލްޕާ އޭނާގެ ފިރިމީހާ ރާޖް ކުންދްރަ އާ ކައިވެނި ކުރީ 2009 ވަނަ އަހަރުގެ ތެރޭގައެވެ. އެ ދެ މީހުންގެ ކައިވެންޏަށް 2012 ވަނަ އަހަރު ފިރިހެން ކުއްޖަކު ލިބުނުއިރު، ސަރޮގެސީ މެދުވެރިކޮށް މިދިޔަ އަހަރު ވަނީ އަންހެން ކުއްޖަކު ހޯދާފައެވެ.

13%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް