ނަޑެއްލާ ކައުންސިލް ރައީސް މުހައްމަދު އަންޝާއު ސީއެންއެމް އަށް ވިދާޅުވީ މިއަދު ލިބުނު ނަތީޖާތަކުގެ ތެރެއިން 29 ކޭސް ޕޮޒިޓިވް ވެފައިވާ ކަމަށެވެ
1100 މީހުންގެ އާބާދީގެ ތެރެއިން 700 މީހުން ރަށުގައި އުޅޭ ނަޑެއްލާގައި ކޮވިޑް ފެތުރުމާގުޅިގެން ރަށް ވަނީ ލޮކްޑައުންކޮށްފައެވެ. ފިހާރަތަކަށް ދިއުމަށް ކަނޑައަޅާފައިވާ ގަޑިއަކީ ހަމައެކަނި މެންދުރުފަހު 2:00 ން 3:30 އަށެވެ. ރަށުގައި ހަދާފައިވާ ސޯޝަލް ސަޕޯޓް ޑެސްކުން ހިދުމަތްތައް ދޭނީ 8:00 ން 10:00 އަށެވެ.
އެރަށުން މިއަދުވެސް ވަނީ 24 މީހެއްގެ ސާމްޕަލް ނަގާފައެވެ. އެ ރަށުން އެންމެފުރަތަމަ ކޮވިޑް ޖެހިފައިވާ މީހަކު މި މަހުގެ 13 ވަނަ ދުވަހު ފެނުމާ ގުޅިގެން މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން މޮނިޓަރިންނަށް ވަނީ ލާފައެވެ.