ads
ދިވެހިރާއްޖޭގައި ހުންނަ އިންޑިޔާގެ އެމްބަސީ
ގޯޅިއެއް ބަންދުކުރަން އިންޑިއާއިން އެދިފައެއް ނެތް: ފޮރިން މިނިސްޓްރީ
އިންޑިއާ ހައިކޮމިޝަންގެ އިރަށް އޮންނަ ލޮޓަސް ގޯޅި ދާއިމީކޮށް ބަންދު ކުރުމަށް އިންޑިއާގެ ހައިކޮމިޝަނުން އެދިފައިވާ ކަމަށް މިހާރު ދެކެވެމުންދާ ވަހަކަ ވާހަކަތައް ފޮރިން މިނިސްޓްރީން ދޮގުކޮށްފިއެވެ.

އިންޑިއާގެ ހައިކޮމިޝަނުން، ސަލާމަތީ ސަބަބުތަކަށްޓަކައި އެ ގޯޅި ބަންދުކޮށްދޭން އެދި  ފޮރިން މިނިސްޓަރީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ހަބަރު ފަތުރާފައެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ، އެފަދަ އެއްވެސް ކަމަކަށް ހައިކޮމިޝަނުން އެދިފައި ނުވާ ކަމަށެވެ. އަދި ސަފީރުވެސް އެފަދަ ކަމަކަށް އެދިފައިނުވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

އެމިނިސްޓްރީން ބުނީ ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތަކާއި ހައިކޮމިޝަންތަކަށް ސަލާމަތީ ހިދުމަތްތަކުން ސެކިއުރިޓީ ދެމުންގެންދާނެ ކަމަށެވެ.

އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެ ކަމުގެ އިންޒާރު މީހަކު ދިނުމާއި ގުޅިގެން އެތަނުގެ ސެކިއުރިޓީ ވަނީ ވަރުގަދަ ކޮށްފައެވެ.

މިސަރުކާރާއި އިންޑިއާ އާދެމެދު މިހާރު އޮތީ ވަރަށް ރަނގަޅު ގުޅުމެކެވެ. އެގުޅުމުގެ ސަބަބުން އިންޑިއާއިން ރާއްޖޭގެ ވަރަށް ގިނަ ޕްރޮޖެކްޓުތަކަށް އަންނަނީ ފައިސާ ދެމުންނެވެ. ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެފައިވަނީ ރާއްޖޭގެ ބޮޑެތި ޕްރޮޖެކްތްތަކަށް މިހާރު ފައިސާ ހޯދިފައިވާ ކަމަށެވެ. އޭގެތެރޭގައި އިންޑިއާގެ ބޮޑު ބައިވެރި ވުމެއް ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް