ads
އިރާގުގައި އެމެރިކާގެ ހަނގުރާމަވެރިން
އެމެރިކާގެ ހަނގުރާމަވެރި ޖަމާއަތް އިރާގުން މިއަހަރުގެ ނިޔަލަށް ފައިބަނީ
އެމެރިކާގެ ހަނގުރާމަވެރި ޖަމާއަތްތަކުން އިރާގުން މިއަހަރުގެ ނިޔަލަށް ފައިބާނެ ކަމަށް ބުނެފިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ މިއަހަރު ނިމެންވާއިރަށް އިރާގުގެ ބިމުން ހަނގުރާމަވެރި ޖަމިއްޔާ ބާލާނެކަމަށާއި ނަމަވެސް އިރާގުގެ މިލިޓަރީއަށް ތަމްރީނުދިނުން ކުރިއަށް ގެންދާނެކަމަށެވެ.

މިކަން އިއުލާންކޮށްފައިވަނީ އެމެރިކާގެ ވައިޓްހައުސްގައި އިރާގުގެ ޕްރައިމް މިނިސްޓަރު މުސްތަފާ އަލް ހާޒިމީއާއި އެކު އިއްޔެ ބޭއްވި ބައްދަލުވުމެއްގައެވެ.

މިވަގުތު 2500 އެމެރިކާގެ ހަނގުރާމަވެރި ޖަމާއަތް އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ކަންކަން ބެލެހެއްޓުމަށް އިރާގުގައި ހަރަކާތްތެރިވެއެވެ. މި ޖާމާއަތްތައް މިއީ އިރާގުގެ ޕްރައިމް މިނިސްޓަރަށް އެހީވުމަށް ތިބޭ ޖަމާއަތްތަކެކެވެ.

މިކަން އިއުލާން ކުރުންވެގެން ދިއައީ  ޖޯޖް ޑަބްލިއު ބުޝް ހިންގި ހަނގުރާމަ ނިމުމަކަށް އައުން ފާހަގަކުރުމަކަށެވެ. އަދި މިއަހަރު އަފްގާނިސްތާނުންވެސް އެމެރިކާގެ ހަނގުރާމަވެރި ޖަމާއަތްތަކުން ފައިބާނެކަންވަނީ ބުނެފައެވެ.

ވައިޓްހައުސްގައި ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ މިއާ މަރުހަލާއަށް ދިއަޔަސް އެގައުމުގެ ކައުންޓާ ޓެރަރިޒަމް ކޯޕަރޭޝަން ކުރިއަށް ދާނެ ކަމަށެވެ.

ހާޒިމީ ވިދާޅުވީ ދެގައުމުގެ ގުޅުން ކުރިއަށްވުރެ ވަރުގަދަ ކަމަށައި، އެ ގުޅުމަކީ އިގުތިސޯދު، ތިމާވެށި، ސިއްހީ، ތައުލީމު އަދި ސަގާފަތަށާއި އިތުރުކަންކަމަށް އޮތްގުޅުމެއް ކަމަށާއި، ބޭރުގެ ހަނގުރާމަވެރި ޖަމާއަތްތަކެއް ބޭނުން ނުވާނެކަމަށެވެ.

އިރާގަށް އެމެރިކާގެ ހަނގުރާމަވެރި ޖަމާއަތްތައް އަރާފައިވަނީ  2003ވަނަ އަހަރު ސައްދާމު ހުސައިން އާއި ދެކޮޅަށް ހިންގުނު އޮޕަރޭޝަނެއްގައެވެ. މި ޖަމާއަތްތައް 2011ވަނަ އަހަރު އިރާގުގެ ބިމުންވަނީ ބާލާފައެވެ. އަދި އޭގެ ތިންއަހަރު ފަހުން އިރާގު ސަރުކާރުން އަނެއްކާވެސް މިޖަމާއަތްތަކުގެ އެހީ ހޯދީ އައިއެސް ޖަމާއަތުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

މިބައްދަލުކުރުމުގައި އިތުރަށް ބައިޑަން ވިދާޅުވެފައިވަނީ އައިއެސް އާއި އިދިކޮޅަށް އިރާގަށް ތަމްރީންތައް ދިނުމުގައާއި އެހީފޯރުކޮށްދިނުމުގައި ސާބިތުވެ ތިބޭނެކަމަށެވެ. ނަމަވެސް އަހަރު ނިމޭއިރު ތިބޭނީ ހަނގުރާމައިގެ މިޝަންއެއްގައި ނޫންކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް