ads
ގދ.ނަޑެއްލާ
ނަޑެއްލާގައި ކޮވިޑް ޕޮޒިޓިވް ކޭސް 150 އިން މަތީގައި
މި މަހުގެ 13 ވަނަ ދުވަހު ބަންދު ކުރި ގދ. ނަޑެއްލާ އިން އިތުރު 11 މީހަކު ޕޮޒިޓިވްވެ، ޖުމްލަ އަދަދު 150 އިން މައްޗަށް އަރައިފިއެވެ.

ނަޑެއްލާ ބަންދުކޮށްފައި ވަނީ، އެރަށުން ތިނަދޫއަށް ގެންދިޔަ މީހަކު ޕޮޒިޓިވް ވުމުންނެވެ. އޭގެ ފަހުން އެރަށުން ގިނަ ކޭސްތަކެއް ދަނީ ފެންނަމުންނެވެ.

އެރަށުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ރެންޑަމްކޮށް ނަގާ ސާމްޕަލް، ޕޮޒިޓިވް ވެފައިވާ މީހުންނާއި ޑައިރެކްޓް ކޮންޓެކްޓް މީހުން ހިމެނެއެވެ.

އެރަށުން މިއަދާއި ހަމައަށް ޕޮޒިޓިވް ކޭސްތައް ފެނިފައިވާ އަދަދު އާއްމުކުރަމުން ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެފައިވާގޮތުން، އެރަށުން އިއްޔެ 11 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު އެރަށުން ކޮވިޑް ޖެހުނު މީހުންގެ އަދަދު 170 އަށް އަރާއިރު، އޭގެ ތެރެއިން ރަނގަޅުވެފައި ވަނީ ތިން މީހެކެވެ.

ނަޑެއްލާއަކީ މިހާރު އެ އަތޮޅުގައި ކޮވިޑްގެ ކޭސްތައް ފެންނަމުންދާ ހަމައެކަނި ރަށެވެ. އެހެން ނަމަވެސް ތިނަދޫގައި ބަލި ޖެހިފައިވާ މީހުން އެބަތިއްބެވެ. އެގޮތުން ތިނަދޫގައި މިހާރު ބަލި ޖެހިފައިވާ 55 މީހަކު އެބަތިއްްބެވެ. ތިނަދޫގައި ކޮވިޑްގެ ހާލަތު ރަނގަޅު ވުމުން އެ ރަށް ހުޅުވާލީ އާދީއްތަ ދުވަހު އެވެ.

މާލެ ފިޔަވައި މިހާރު ރާއްޖޭގައި ކޮވިޑް ފެތުރެމުންދާ 12 ރަށެއް އެބަ އޮތްކަމަށް އެޗްޕީއޭ އިން ބުނެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް