ads
ފޮޓޯ އަވަސް: --
ދިރާގު ޕޭއަށް މިހާރު އަމިއްލައަށް ފައިސާ އެޅޭނެ
ދިރާގު ޕޭ އަށް އަމިއްލަ އަށް ފައިސާ ޖަމާ ކުރެވޭ ގޮތް ހަދައިފި އެވެ.
ދިރާގު ޕޭ އަށް އަމިއްލަ އަށް ފައިސާ ޖަމާ ކުރެވޭ ގޮތް ހަދައިފި އެވެ.

މީގެ ކުރިން އޭޖެންޓުން ނުވަތަ ތާޑް ޕާޓީ އެޕްލިކޭޝަނެއް ބޭނުންކޮށްގެން، ޑިޖިޓަލް ވޮލެޓުގެ ގޮތުގައި ބޭނުންކުރާ ދިރާގު ޕޭ އަށް ފައިސާ ޖަމާކުރަން ޖެހުނު ނަމަވެސް މިހާރު ދިރާގު ޕޭ އެޕްލިކޭޝަނާއި ދިރާގު ވެބްސައިޓް މެދުވެރިކޮށް ފައިސާ ޖަމާ ކުރެވޭނެ އެވެ.

"މިއީ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ފައިސާގެ މުއާމަލާތް ކުރުމުގެ ފުރުސަތު ދިނުމުގެ ބޭނުމުގައި ގެނައި ބަދަލެއް، ފަސޭހަ އިން ފައިސާ ޖަމާކުރެވުމުގެ އިތުރުން އިތުރު ފީޗާތައް ވެސް ދިރާގު ޕޭ އެޕަށް ގެނެސްފައިވާނެ. އެގޮތުން އެ އެޕް ބޭނުންކޮށްގެން އެ ކުންފުނީގެ މާޗަންޓުންނާއި އެޖެންޓުން ހޯދާލެވޭނެ. ދިރާގު ޕޭ އެޕުގައި އަތޮޅާއި ރަށް ފިލްޓާ ކޮށްގެން ނުވަތަ އެޖެންޓުންނާއި މާޗަންޓުންގެ ނަން ޖަހައިގެން މި ހިދުމަތް ވެސް މިހާރު ހޯދޭނެ،"

ދިރާގު ޕޭ އެޕް މެދުވެރިކޮށް ތިން އެންއެފްސީ ކާޑު ގުޅުވާދެވޭ ނިޒާމެއް ވެސް މިހާރު ވަނީ ގާއިމު ކޮށްފަ އެވެ.

"ކޮންމެ ކާޑަކަށް ވޮލެޓްގެ ވެރިފަރާތް ބޭނުންވާ ނަމެއް ކަނޑައަޅައި، ބޭނުންވާ ޓްރާންސެކްޝަން ލިމިޓެއް ކަނޑައެޅުމުގެ ފުރުސަތު ވެސް މިހާރު ލިބޭނެ. މި ކާޑުތައް ބޭނުންކޮށްގެން ހިންގާ ހުރިހާ ފައިސާގެ މުއާމަލާތްތަކުގެ ތަފްސީލް ފަސޭހަކަމާ އެކު ދިރާގު ޕޭ އެޕް އަދި އެސްއެމްއެސްގެ ޒަރިއްޔާއިން ވަގުތުން ބަލައިލެވޭނެ،"


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް