އޯ ސާކީ އަދި ދިލްބަރު ފަދަ ލަވަތަކުން މޮޅު ނެށުމެއް ދައްކައިގެން ގިނަ ބަޔެއްގެ މަގްބޫލްކަން ހޯދި ނޯރާގެ އެންމެ ފަހުގެ ލަވަ "ޒާލިމާ ކޮކާ ކޯލާ"ގެ ވީީޑިއޯ ލަވަ ވަނީ އިއްޔެގެ ވަގުތެއްގެ ރިލީސްކޮށްފައެވެ. ލަވަ ރިލީސްކުރިތާ ކުޑައިރުކޮޅެއްތެރޭ އެތައް މިލިއަން މީހުން ވަނީ އެ ލަވަ ބަލާފައެވެ.
މޮޅު ލަވަ ކިޔުންތެރިއާ ޝްރެޔާ ގޯޝަލްގެ ހިތްގައިމު އަޑަށް ނޯރާ ފަރި ނެށުން ފެނިގެންދިޔައިރު މިލަވައަށް ވަނީ ދެ ދުވަސްތެރޭ 14 މިލިއަން ވިއުސް ލިބިފައެެވެ.
ކުރިއަށް އޮތް ފިލްމް "ބުޖް - ދަ ޕްރައިޑް އޮފް އިންޑިއާ" އިންވެސް ނޯރާ ފޯރިގަދަ ލަވައަކުން ފެނިގެންދެއެވެ. އެ ފިލްމުގައި ނޯރާއިއެކު އަޖޭ ދޭވްގަން، ސަންޖޭ ދަަަތުގެ އިތުރުން ސޮނާކްޝީ ސިންހާ ފެނިގެންދެއެވެ.