ads
ޝެރްލީން ޗޯޕްރާއާއި ރާޖް ކުންދްރާ
ރާޖް ކުންދްރާގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފި
ބޮލީވުޑު ތަރި ޝިލްޕާ ޝެއްޓީގެ ފިރިމީހާ ރާޖް ކުންދްރަ ޝެރްލީން ޗޯޕްރާއަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ޝެރްލީން ބުނެފިއެވެ.

ބަރަހަނާ ފޮޓޯ އާއި ވީޑިއޯތަކެއްގެ މައްސަލައިގައި ރާޖް ކުންދްރަ ހައްޔަރުކޮށްފައިވާއިރު، ޝެރްލީން ބުނީ ރާޖް ކުންދްރާ އޭނާއަށް ޖިންސީ ފުރައްސާރަކޮށްގެން 2019 ވަނަ އަހަރުވެސް އިންޑިޔާ ޕޮލިހުންނަށް ޝަކުވާ ހުށަހަޅާފައިވާނެކަމަށެވެ.

ޝިލްޕާގެ ފިރިމީހާ ރާޖް ވަނީ  އެންގުމަކާއި ޝެރްލީންގެ ގެއަށް ޒިޔާރަތްކޮށްފައިކަމަށާއި އެ ދުވަހު އޭނާގެ ގައިގައި އަތްލައި ޖިންސީ ފުރައްސާރަކޮށްފައިވާކަމަށް ޝެރްލީން ވަނީ ބުނެފައެވެ.

ޝިލްޕާއަކީ ވަރަށް ކަންތައް ބޮޑު މީހެއްކަމަށާއި، މިސަބަބާ ހުރެ ރާޖް ގެއަށް ދިއުމުން އަބަދުވެސް ބޮލުގައި ރިއްސާފައި ހުންނަ ވާހަކަ ޝެރިލީން ގާތު ރާޖު ބުނިކަމަށް ޝެރިލީން ބުނެއެވެ. 

"އަހަރެންނާ ކައިރިވާން އޭނާ (ރާޖް) އުޅުމުން އޭނާ ދުރުކުރުމަށްޓަކައި ރާޖު ކޮށްޕާ ވެސްލީން. އެވަރުން ރާޖުގެ ކިބައިން ސަލާމަތްނުވެގެން ގޮސް ވަނީ ފިލަން ފާހާނައަށް،" ޝެރިލީން ބުނެފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

ބަރަހަނާ ފޮޓޯ އާއި ވީޑިއޯތަކެއްގެ ހެދުމުގެ މައްސަލައާ ގުޅިގެން ޝިލްޕާއަށް އާންމުންގެ ފާޑުކިޔުންތައް އަމާޒުވާއިރު، އޭނާ މިކަމުގައި ޝާމިލުވާކަމުގެ އެއްވެސް ހެއްކެއް ނެތްކަމަށާއި އަނެއްކާވެސް ޝިލްޕާ އާ ސުވާލު ކުރެވިދާނެކަމަށް އިންޑިޔާގެ ފުލުހުން ވަނީ ބުނެފައެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް