ads
ޝިލްޕާ ޝެޓީ
ހައްޔަރުކޮށްފާނެތީ ޝިލްޕާ ދަރިންނާ މެދު ކަންބޮޑުވެފައި
މަޝްހޫރު ބޮލީވުޑް ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާގެމައްޗަށް ކުރާ ބަރަހާނާ ފިލްމު ޕްރޮޑިއުސްކޮށް ވިއްކި ކަމުގެ ތުހުމަތުގެ ވާހަކަ އެވެ.
Advertisement

މިމައްސަލައިގައި ޝިލްޕާ ދިމާލަށްވެސް އެއްބަޔަކު އިނގިލި ދިގުކުރާއިރު އެމީހުން ބުނަނީ ރާޖު އެވަރުކަމެއް ކުރިނަމަ ޝިލްޕާއަށް ނޭނގި ނުހުންނާ ކަމަށެވެ.

ކްރައިމް ބްރާންޗުގެ ފުލުހުންވެސް އަދި މިހާތަނަށް އެ ކޭސްގައި ޝިލްޕާ ދައުރެތް އޮތްކަމެއްވެސް ނެތް ކަމެއް ވެސް ބުނެފައެއް ނުވެއެވެ. 

އެހެެންކަމުން ކޮންމެ ވަގުތެއްގައިވެސް ހައްޔަރުކޮށްފާނެ ކަމުގެ ބިރު ޝިލްޕާއަށް އޮތް ކަމަށް ޝިލްޕާގެ ގާތް މީހުންނައި ހަވާލާދީ ބޮލީވުޑް ހަންގާމާއިން ރިޕޯޓްކޮށްފައިވެއެވެ.

ނަމަވެސް ހައްޔަރުކޮށްފާނެ ކަމަށް ވުރެ ބޮޑަށް ޝިލްޕާ ކަންބޮޑުވަނީ އޭނާގެ ދަރިންނާއި މެދުކަމަށް މައުލޫމާތު ދިން ފަރާތުން ބުނެއެވެ.

ޝިލްޕާގެ ފިރިމީހާ ބަރަހާނާ ފިލްމު ޕްރޮޑިއުސްކޮށް ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފަހުން އޭނާގެ ގާތް ގިނަ މީހުން ވަނީ ދުރުވެފައެވެ. 

ނަމަވެސް ޝިލްޕާގެ ކުރިއަށް އޮތް ފިލްމު ހަންގާމާ 2 ޑިރެކްޓަރު ބުނަނީ ޝިލްޕާއަކީ ވަރަށް ހިތްވަރު ގަދަ އަންހެނެއް ކަމަށާއި ޝިލްޕާ މިކަހަލަ ކަމެއްގައި ބަލިކަށި ނުވާނެ ކަމަށެވެ. 

އަދި ޝިލްޕާ ގޯސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ބުނެއެވެ.

22%
ކަމުގޮސްފި
22%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
44%
ވަރަށް ސަލާމް
ކޮމެންޓްސް