ސިއްހީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި އާމިރު މުހައްމަދު ސީއެމްއެން އަށް ވިދާޅުވީ ވެކްސިން ޖެހުމުގެ ޕްރޮގްރާމް މިހާރު އެރަށުގައި ކުރިއަށްދާ ކަމަސާއި، ރަށުގެ ރައްޔިތުންގެ ފަރާތުން އެއްބާރުލުން ލިބެމުން އަންނަކަމަށެވެ.
155 އެކްޓިވް ކޭސް މީހާރުވެސް އެރަށުގައި އޮތް ދުވާފަރުގައި ދާދި ފަހުން ވަނީ ވަނީ ކޮވިޑް ޖެހިގެން މީހަކު މަރުވެފައެވެ.
އާމިރު ވިދާލުވީ އެހެން ދިމާވާ ކަންކަމުގައި މަޝްވަރާ ކުރަންޖެހޭ ސިއްހީ ދާއިރާގެ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ. އަދި އެހެން ހުރި ހުރަސްތައް ނައްތާލުމަށްޓަކައި މަސައްކަތް ކުރެވެމުންދާކަމަށެވެ.
މިދިއަ ޖުލައި މަހުގެ 29 ވަނަ ދުވަހު އެރަށުން ވަނީ މީހެއް ކޮވިޑުގައި މަރުވެފައެވެ. އެރަށު ފާތުމަތު މޫސާ 52އ ކްރިޓިކަލް ހާލަތަކަށް ދިއުމާ ގުޅިގެން، ދުވާފަރު ސިއްހީ މަރުކަޒު ދޮށަށް އެއްވެ މުޒާހަރާވެސް ވަނީ ކޮށްފައެވެ. ހާލު ދެރަވެެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންގޮސް އޮކްސިޖަން ދެވޭނެ ގޮތެއް ނެތިގެން އޭދަފުށީ ކޮވިޑް ފެސިލިޓީއަށް ގެންދިޔުމަށް ސީއެމްބިއުލާންސްއަށް އުއުން ވަނީލަސްވެފައި ކަމަށް އާއިލާއިން ބުނެއެވެ.
އެ ސަރަހައްދުގައި މައްސަލަ ހޫނުވެ، އޭރު ވަނީ އޫގޫފާރުން ފުލުހުންވެސް އެރަށަށް ގޮސްފައެވެ.