ads
މާމިނގިލީގައި ހިންގާދިޔަ މާރާމާރީގެ ތެރެއިން… ފޮޓޯ/ސޯސަލް މީޑީއާ
މާމިނގިލީގައި ދެ ބިދޭސީ އަކު މާރާމާރީ ހިންގައިފި
އދ. މާމިނގިލީގައި ދެ ބިދޭސީ އަކު މާރާމާރީ އެއް ހިންގައިފިވެއެވެ.
Advertisement

އެ ރަށުގައި މާރާމާރީ ހިންގާފައިވަނީ އެރަށުގައި ހުންނަ ގަރާޖެއްގައި މަސައްކަތްކުރާ ދެ ބިދޭސީންނެވެ. އެ ދެ ބިދޭސީންނަކީ ބަނގްލަދޭޝްގެ ދެފިރިހެނުންނެވެ. 

ސޯސަލް މީޑިއާގައި އާންމު ވަމުންދާ ވީޑިއޯ އަކުން ފެންނަ ގޮތުގައި މަރާމާރީ ހިންގުމަށް މަރުތެޔޮ އެއް ބޭނުންކޮށްފައި ވެއެވެ. އެކަކު ވެއްޓިފައިވާއިރު އަނެކަކުގެ ބޮލުން ލޭ އަންނާތީ ފޮތި ގަނޑެއް ގެނައުމަށް އާންމުން ގޮވަމުންދާ މަންޒަރު ވީޑިއޯ އިން ފެނެއެވެ. 

އިތުރު މައުލޫމާތު ހޯދުމަށް މާމިނގިލީ ކައުންސިލަށް ގުޅުމުން އެރަށު ކައުންސިލްގެ ރައީސް އިމާދު ވިދާޅުވީ ދެ ބިދޭސީއެއްގެ ދެމެދުގައި ހަމަނުޖެހުންތަކެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި މިވަގުތު ރަށުން ބޭރުގައި ހުރުމުން މިއަދުގެ މާރާމާރީ ހިނގައިދިޔަ ގޮތް އަދި ސާފުވެފައި ނުވާ ކަމަށެވެ.

ފުލުހުން ބުނީ މާމިނގިލީގައި ދެ ބިދޭސީއަކު މާރާމާރީ ހިންގައިގެން އެ މައްސަލަ މިއަދު މެންދުރުފަހު 14:30 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

 އެ މާރާމާރީގައި ދެމީހުންނަށް ވެސް އެކި ވަރުގެ އަނިޔާވެފައިވާ އިރު މިހާރު އެ ދެމީހުންނަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ. 

ފަހަކަށް އައިސް ރާއްޖޭގައި މަސައްކަތްކު ރަން އުޅޭ ބިދޭސީންގެ މިފަދަ މައްސަލަތައް އަންނަނީ ގިނަވަމުން ނެއެވެ. އެކަމުގެ ސަބަބުން ބައެއް ދިވެހިން އަންނަނީ އެފަދަ އަމަލުތައް ހިންގާ ބިދޭސީން ރާއްޖެއިން ފޮނުވާލުމަށް ކެނޑިނޭޅި ގޮވަމުންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް