ads
ޑރ. މުއިއްޒު
މުޖުތަމައުގެ އަމާންކަން ގެއްލިފައިވަނީ ފަގީރުކަމުގެ ސަބަބުން: މާލޭ މޭޔަރު
މުޖުތަމައުގެ އަމާންކަން ގެއްލި، ބިރުވެރިަކަން އުފެދިފައިވަނީ ފަގީރު ކަމުގެ ސަބަބުން ކަމަށް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކްލަބްހައުސްގައި "މާލޭ މަސްބޭނުމަށްހުރި ތަންތަން ތަރައްގީކުރުން" މި ސުރުހީގެ ދަށުން މިހާރު ކުރިއަށް ގެންދާ ސެޝަންގައި ވާހަކަދައްކަވަމުން ބައިވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަމާއި، ވަޒީފާގެ ފުރުސަތު ނެތުމުން ހަމަޖެހުން ގެއްލިގެން ދާކަމަށެވެ. 

މުއިއްޒު ވިދާޅުވީ މަސްބާނާ ސަރަހައްދުގައިވެސް އަދި އެހެން ހިސާބުތަކުގައިވެސް މިމައްސަލަ ހައްލު ކުރުމަށްޓަކައި ރޫޓް ކޯސް އަށް ދާންޖެހޭ ކަމަށެވެ. ކުށްކުރަނީ ކޮންސަބަބު ތަކަކާހެދިތޯ ބެލުން މުހިއްމު ކަމަށާއި، ކައުންސިލުން ގުޅެންޖެހޭ އިދާރާތަކާއި ގުޅިގެން އެމަސައްކަތްތައް ކުރާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

"ކައުންސިލް ލެވެލްގަ އަޅުގަނޑުމެންނަށް ވަކި ހިސާބަކަށް އެއަށް މަސައްކަތް ކުރެވޭނީ . ސަރުކާރުގެ ޕޮލިސީތައް އެއަށް ވަރަށް ބޮޑަށް ސަޕޯޓު ދޭންޖެހޭނެ. އަޅުގަނޑުމެން މިހާރު އޮންނާނެ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގަ އޮންނާނެ ޔޫތު އެމްޕަވަމެންޓަށް އިކޮނޮމިކް މިނިސްޓްރީއާ މަޝްވަރާ ކޮށްގެން ބައެއް ޕްރޮޖެކްޓްތައް ތައާރަފްކުރަން. ވިމެން އެމްޕަވަމެންޓަށާ' މުއިއްޒު ވިދާޅުވިއެވެ. 

އޭނާ ވިދާޅުވީ ބިމުގެ ވަސީލަތްތައް ދީގެން ކުދިވިޔަފާރިތަކަށް މަގުފަހިކޮށްދީގެން ނަމަވެސް އެފަދަ ފުރުސަތުތައް ހުޅުވާލުން އެއީ ވިސްނުން ކަމަށެވެ. 

މައްސަލަތައް އުފެދޭ ސަބަބުތައް ދެނެގައުމުގެ އިތުރުން އެފަދަ ކުށްކުރާ ފަރާތްތައް އެކަހެރި ކުރަންވެސް ޖެހޭކަމަށް މޭޔަރު ވިދާޅުވިއެވެ. އެހެން ކަމުން ކައުންސިލް ލެވެލްގައި ކުރެވޭނެ ހުރިހާކަމެއް ކައުންސިލުން ކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް