ދަތުރު ފެށިފައިވާ ކަން ހާމަ ކުރައްވައި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ކުރެއްވި ޓްވީޓެއްގައި ލިޔުއްވާފައި ވަނީ “މ ވެސް ޕީޕީއެމް އަތޮޅު ދަތުރު ހއ. އަތޮޅަށް، ޕީޕީއެމްގެ އެންމެހާ ސަޕޯޓަރުންނާއި ގައުމު ދެކެ ލޯބިވާ އެންމެހާ ލޮބުވެތި ރައްޔިތުން ކަމަރު ބަންނަވާ،” މިފަދައިންނެވެ.
މި ދަތުރުގައި ޕީޕީއެމްއާއި ޕީއެންސީގެ ފަރާތުން ވަޑައިގަންނަވާ ޓީމު އެ އަތޮޅު ތަމްސީލު ކުރައްވާ 18 ވަނަ މަޖިލީހުގެ މެމްބަރު ހިމެނިވަޑައިގަންނަވައެވެ.
ދަތުރުގައި ހއ. އަތޮޅުގެ 14 ރަށަށް ވެސް ލީޑާޝިޕް ވަޑައިގަންނަވާނެ ކަމަށް އެ ޕާޓީން މައުލޫމާތު ދީފައިވެއެވެ. .