ads
މާލެ ސިޓީ މޭޔަރު ޑޮކްޓަރު މުހައްމަދު މުއިއްޒު އާއި ހައުސިން މިނިސްޓަރު އަހުމަދު އަސްލަމް-
އިންޑަސްޓްރިއަލް ވިލެޖުން ދޫކޮށްފައިވާ ބިން ސްޓެލްކޯއާއި ހަވާލުކުރަން އަންގައިފި
މާލޭ އިންޑަސްޓްރިއަލް ވިލެޖަކީ މާލެ ސިޓީ ކައުންސިލުގެ އިހުތިސޯސްގެ ދަށުގައި އޮތް ބިމެއް ނޫން ކަން އަންގާ އެބިން އަބުރާ ސްޓެލްކޯއާއި ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް އަންގައިފި އެވެ.
Advertisement

އިންޑަސްޓްރިއަލް ޒޯން ބިއްދޮށުން ސްޓެލްކޯއަށް 2016 ވަނަ އަހަރު ދީފައިވާ 21،000 އަކަފޫޓްގެ ބިމެއް ސިޓީ ކައުންސިލުން އަތުލާ އެތަން ހުސްކޮށްފައިވާކަމުގެ ތުހުމަތުކޮށް އެކަމުގެ ކަންބޮޑުވުން މިއަދު ސްޓެލްކޯއިން ކޮށްފައިވަނިކޮށް، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަލް ކަމާލުއްދީން ސޮއިކުރައްވައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުވާފައިވާކަމަށް ބައެެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. 

އެ ސިޓީގައި ބުނެފައި ވާކަމަށް ބުނެފައިވަނީ، އެބިމަކީ އެމިނިސްޓްރީން މާލޭގައި ގާއިމުކުރާ ސަބްސްޓޭޝަންގެ ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންވާ މެޓީރިއަލްސް ފަދަ ތަކެތި ބެހެއްޓުމަށް ސްޓެލްކޯއަށް ދޫކޮށްފައިވާ ބިމެއް ކަމަށެވެ. އެެހެންނަމަވެސް ޖަހާފައިވާ ފެންސާއި އެތަނުގައި ބަހައްޓާފައިވާ ތަކެތި ސިޓީ ކައުންސިލުގެ ފަރާތުން ނަގާ، މާލޭގައި ދެމުންދާ ބަހުގެ ހިދުމަތާއި ގުޅިގެން ބަސްޑެޕޯގެ ގޮތުގައި ބޭނުންކުރުމަށް އެވިލެޖުގެ ތިން ނަމްބަރު ކޮށިން ވަގުތީގޮތުން ކަނޑައަޅާފައިވާ ބިންވެސް ކައުންސިލުން ބަންދުކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވާ ކަަމަށްވެއެވެ.

އިންޑަސްޓްރިއަލް ވިލެޖުގެ އެ ބިމަކީ ސިޓީ ކައުންސިލާ ހަވާލުކުރެވިފައިވާ ބިމެއް ނޫންކަމުން، އެބިމުގައި ޖަހާފައިވާ ފެންސާއި، ތަނުގައި ހުރި ތަކެތި ކައުންސިލުން ނަގާފައިވާނަމަ އެތަކެތި އަބުރާ ސްޓެލްކޯއާއި ހަވާލުކޮށް، އެވިލެޖްގެ ތިން ނަންބަރު ކޮށީގެ ބިން ކައުންސިލުން ބަންދުކޮށްފައިވާނަމަ އެކަން ހުއްޓާލުމަށް ވެސް އެ ސިޓީގައި އަންގާފައިވާކަމަށް ވެއެވެ.

އެހެންނަމަވެސް "ސީއެންއެމް"އާއި މިކަމާއި ބެހޭގޮތުން ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ، މިއަދަކީ ބަންދުދުވަހެއް ކަމުން އެފަދަ ސިޓީއެއް ލިބިފައިވާކަން އަދި އެގިފައިނުވާކަމަށެެވެ. އަދި އެފަދަ ގޮތަކަށް އެއްވެސް ތަނެއްގެ ބިމެއް ސިޓީ ކައުންސިލުން ހުސްކޮށް އަތުލާ ނަހަދާނެކަމަށާއި، އެފަދަ މައުލޫމާތެއްވެސް މިހާތަަނަށް ލިބިފައިނުވާ ކަމަށެވެ. އެހެންނަމަވެސް އެފަދަ ކަމެއް ހިނގާފައިވޭތޯ ކަށަވަރުކުރާނެ ކަމަށް ވިދާޅުވިއެވެ.

އެބިން ސިޓީ ކައުންސިލުން އަތުލާ ތަން ހުސްކޮށްފައިވާ ކަމުގެ ކަންބޮޑުވުން ފާޅުކޮށް މިއަދު ސްޓެލްކޯއިން ވަނީ އެބިން މީޑިއާތަކަށް ދައްކާވެސް ލާފައެވެ. އަދި އެ ބިން ސްޓެލްކޯއިން ވަށައިގެން ފެންސް ޖަހައި ބަންދުކޮށްފައި ވަނިކޮށް މި ނިމުނު އީދު ބަންދުގެ ތެރޭގައި އެ ފެންސްގެ ބޮޑު ބައެއް ސިޓީ ކައުންސިލުން ނަގައި، އެކައުންސިލުން އެ ބިން ހުސްކޮށްފައިވާ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. 

އޭގެއިތުރުން ބިން ހުސްކުރިއިރު، އެތަނުގެ ތެރޭގައި ގުދަންކޮށް ބަހައްޓާފައި ހުރި ސީސީޓީވީ، ހަރުކުރާ ސާމާނުތައް ވެސް ގެއްލިފައިވާ ކަމުގެ ތުހުމަތުވެސް ވަނީ ކޮށްފައެވެ. 

80%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް