ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް--
ފެންފުށީ ފަޅު ހޯދަން ގާސިމް ސަރުކާރަށް ހުށަހަޅުއްވައިފި
ނިމިދިޔަ ސަރުކާރުން އަތުލި ތ. އެލާގެ ބަދަލުގައި، ރިސޯޓު ހެދުމަށް އދ. ފެންފުށީ ފަޅު ދޭން މާމިގިލި ދާއިރާ މެމްބަރު އަދި ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމް އެދިއްޖެއެވެ.

ގާސިމް ސޮއިކުރައްވައި ވިލާ ޝިޕިން އެންޑް ޓްރޭޑިން ކުންފުނީގެ ފަރާތުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، އެލާގެ ބަދަލުގައި އެ ކުންފުނިން ބޭނުންވާ ރަށްތަކެއްގެ ލިސްޓު ފޮނުވަން ޓޫރިޒަމް މިނިސްޓްރީން މީގެ ކުރިން އަންގާފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންގުމާއި އެއްގޮތަށް ގާސިމް ފުރަތަމަ އެދިވަޑައިގެންފައި ވަނީ ތ. ކަނިމީދު އާއި ތ. ކަޅުފަހަލަފުށި ދޫކޮށްދިނުމަށެވެ. ނަމަވެސް އެ ދެ ރަށް ވެސް ވިލާ އަށް ލިބެން ނެތުމުން ދެން އެދިވަޑައިގެންފައި ވަނީ އދ. ފެންފުށީގެ ހުޅަނގު އުތުރުގައި އޮންނަ ފަޅުން ބިން ހިއްކައިގެން ރިސޯޓެއް ހެދުމަށެވެ.

ފެންފުށީ ފަޅުގައި ރިސޯޓެއް ހެދުމަށް އަށް އަހަރުގެ މުއްދަތެއް ދިނުމަށް ވިލާ އިން ވަނީ އެދިފައިވާއިރު ވިލާއިން އެ ފަޅު ދިނުމަށް އެދިފައި ވަނީ 99 އަހަރަށެވެ.

ރިސޯޓު ހެދުމަށް ދިގު މުއްދަތެއް ދޭން އެދުނީ އެލާގައި ރިސޯޓެއް ހެދުމަށް ވުރެ، ފަޅު ހިއްކައިގެން ރިސޯޓެއް ހެދުމަށް ބޮޑު ހަރަދެއް ކުރަން ޖެހޭނެތީ ކަމަށް ޓުއަރިޒަމް މިނިސްޓަރަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް