ads
ސިދާތު އާއި ކިއާރާގެ ފުރަތަމަ ފިލްމަކީ ޝޭރްޝާހް….
ސިދާތާއި ކިއާރާގެ ފުރަތަމަ ފިލްމު މާދަމާ ރިލީޒްކުރަނީ
ބޮލީވުޑްގެ ޖޯޑު ސިދާތު މަލްހޯތްރާ އާއި ކިއާރާ އަދުވާނީ އެކުގައި ލީޑު ރޯލުން ފެނިގެންދާނެ ފުރަތަމަ ފިލްމު “ޝޭރްޝާހް” މާދަމާ ރިލީޒްކުރާނެ ކަމަށް ހަބަރުތައް ބުނެފިއެވެ.

އެ ދެ ލޯބިވެރިންގެ ފުރަތަމަ ފިލްމު “ޝޭރްޝާހް” ރިލީޒް ކުރަނީ އެމެޒަން ޕްރައިމް ވީޑިއޯގެ ޕްލެޓްފޯމްގައެވެ.

ކަރަން ޖޯހަރު ޕްރޮޑިއުސްކޮށްފައިވާ އެ ފިލްމުގެ ޕްރޮމޯޝަންތައް އެ ދެ ތަރިން ސޯޝަލް މީޑިއާގައި ކުރަމުން އަންނަ ކަމަށް ހަބަރުތަކުން ބުނެއެވެ.

ވިޝްނޫވަރުދާން ޑައިރެކްޓްކޮށްފައިވާ އެ ފިލްމަކީ އިންޑިއާގެ އަސްކަރީ އޮފިސަރެއް ކަމަށްވާ ވިކްރަމް ބަޓްރާގެ މައްޗަށް ހަދާފައިވާ ބައޮގްރޮފިކަލް ޑްރާމާ އެކެވެ.

“ޝޭރްޝާހް” ގައި ސިދާތުގެ ޑަބަލް ރޯލެއް ފެނިގެންދާނެއެވެ. އެއީ ވިކްރަމްގެ ރޯލާއި އޭނާގެ އެއްމާބަނޑު ވިޝާލްގެ ރޯލުންނެވެ.

އެ ފިލްމު ރިލީޒްކުރާނެ ތާރީހު މީގެ ކުރިން ދެ ފަހަރެއްގައި އިއުލާން ކުރި ނަމަވެސް ފިލްމު ބެލުންތެރިންނާއި ހަމަޔަށް އައުން ލަސްވީ ކޯވިޑް 19 ގެ ސަބަބުންނެވެ.

“ކަބީރު ސިންގް” ފަދަ ފިލްމުތަކުން ހުނަރު ދައްކާލި ކިއާރާ އާއި ސިދާތު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް މީޑިއާތަކުގައި ގަދަ ވެފައިވާއިރު މިއީ އެދެމީހުންގެ އެކުގައި ފެންނާނެ ފުރަތަމަ ފިލްމެވެ. އެހެން ކަމުން އެދެތަރިންގެ ފޭނުން ތިބީ އެ ފިލްމު ބަލާލަން ކެތްމަދުވެފައި ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް