ads
ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަދި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު-
އެމްޑީޕީއަށްވެސް ލިބުނީ ކެހިވެރި މިތުރެއްކަން މިއަދު ސާފު: ޖަމީލް
މިވެރިކަމުގެ ނިމުމަށް އިންތިޒާރުކުރާ މީހުން އިތުރުވެއްޖެ ކަމަށާއި އެމްޑީޕީއަށްވެސް ލިބުނީ ކެހިވެރި މިތުރެއްކަން މިއަދު ސާފުވާ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދުގެ ނޫސްވެރިންނާއި ބައްދަލުކޮށް ނިންމާލިތާ ކުޑައިރުކޮޅެއް ފަހުން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ގައުމް ދަރަނިވެރިކޮށް، މިސްރާބު ގެއްލި، ބޭރު މީހުން ހުންގާނަށް ފައިބަން ފުރުސަތު ދިނީ ސީދާ ރައީސް ސޯލިހްގެ ވިސްނުމުންކަން މިއަދު އެނގިއްޖެ ކަމަށެވެ.

އަދި މިވެރިކަމުގެ ނިމުމަށް އިންތިޒާރުކުރާ މީހުން އިތުރުވެއްޖެ ކަމަށް ޖަމީލް ވިޑާޅުވި އެވެ. އޭގެ އިތުރުން ޖަމީލް ވިދާޅުވީ ހަގީގީ އެމްޑީޕީއަށްވެސް ލިބުނީ ކެހިވެރި މިތުރެއްކަން މިއަދު ސާފުވާކަމަށެވެ.

"ޙަގީގީ އެމްޑީޕީއަށްވެސް މިލިބުނީ ކެހިވެރި މިތުރެއްކަން މިއަދު ސާފު." ޑރ. މުހައްމަދު ޖަމީލް އަހުމަދު - ކުރީގެ ނައީބު ރައީސް

ޖަމީލް މިހެން ވިދާޅުވެފައިމިވަނީ ރައީސް ސޯލިހް މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި، ސިޔާސީ ބައެއް ކަންތައްތަކުގައި ރައީސް ނަޝީދާއި ހިޔާލުތަފާތު ކަމަށާއި، އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރުވެސް ނިންމަވާ ބައެއް ނިންމެވުންތައް ކަމުނުގޮސްގެން ފެންނަ ގޮތް ހާމަކޮށްފައިވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ. 

އެހެން ނަމަވެސް ވެރިކަމުގައި ހުންނެވި އިރު އެމަނިކުފާނު އަމަލުކުރައްވަނީ ވަރަށް ބޮޑަށް ވިސްނަވާފަ، ވަށައިގެންހުރި ހުރިހާ ކަންތަކަށް ބައްލަވާފައި ކަމަށާއި ބައެއް ފަހަރު ފަހަރު ހިޔާލާއި އެއްގޮތަށް އަމަލު ކުރާއިރު އަނެއް ބައެއް ފަހަރު އޭގެ ދިމާ އިދިކޮޅަށް ކަންތައްތަށް ނިންމަވާ ކަމަށެވެ. އެއީކީ މައްސަލައެއް ނޫންކަމަށް ރައީސް ވިދާޅުވި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީގެ އިތުރުން އެމްޑީޕީ ގައުމީ މަޖިލީހުގެ މެޖޯރިޓީވެސް އޮތް ފަދަ މޭރުމަކުން ރައީސް ވަނީ މިއަދު ވާހަކަ ދައްކަވާފައެވެ.

ރައީސް ނަޝީދާއި އޮތް ހީނަރުވެފައިވާ ގުޅުން ސިފަކުރައްވައި ރައީސް ސޯލިހް މިމޭރުމަށް ޖަވާބުދެއްވާފައި މިވަނީ ހަރުކަށި ފިކުރަށް ތާއީދުކުރާ ސަރުކާރަކަށް ތާއީދުކުރެވެން ނެތް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ދާދި ފަހުން ސަރުކާރަށް ކުރައްވާ ތާއީދު ނަންގަވާފައިވަނިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް