އޭނާއަށް އެ ކުންފުނިން މާފު ދީފައިވަނީ އޭނާ ވަގަށް ނެގި ހުރިހާ ފައިސާއެއް އަލުން އަނބުރާ ރައްދު ކުރުމުންނެވެ. މާފު ދިނުމުގެ އިތުރުން ބައި މިލިއަން ޑޮލަރު އޭނޭއަށް ދިނުމަށް އެ ކުންފުނިން ނިންމިއެވެ. ނަމަވެސް ހެކްކޮށްގެން ފައިސާ ވަގަށް ނެގި މީހާ ވަނީ އެއްވެސް އިނާމެއް ބޭނުން ނުވާކަމަށް ބުނެފައެވެ.
މިމަހުގެ 12 ވަނަ ދުވަހު ކުރި މި ވައްކަމަކީ އިންޓަނެޓު މެދުވެރިކޮށް މިހާތަނަށް ދުނިޔޭގައި ކުރި އެންމެ ބޮޑު ވައްކަމެވެ.
ޕޮލީ ނެޓްވާކްއިން އޭނާއަށް މާފު ދިން ނަމަވެސް، އެފްބީއައި އިން ބުނެފައިވަނީ ކުށްވެރިނަށް މާފު ދިނުމުގެ ހައްގު އަމިއްލަ ކުންފުނިތަކަށް ނޯންނާނެ ކަމަށެވެ. މި މައްސަލަ އެފްބީއައިގެ އިތުރުން އިނގިރޭސި ވިލާތުގެ ފުލުހުން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.