މިފަހަރުގެ އައިޑަލް ޕަވަންދީޕް ކާމިޔާބު ކުރީ ފައިނަލްގައި އިތުރު ފަސް ބައިވެރިންނާއި ވާދަކޮށްގެންނެވެ.
އިންޑިއާގެ އުއްތަރަކަންދު އަށް ނިސްބަތްވާ ޕަވަންދީޕް އަށް އައިޑަލްގެ ޓްރޮފީގެ އިތުރުން 25 ލައްކަ ރުޕީސް ވަނީ ހަވާލްކޮށްފައެވެ.
މިފަހަރުގެ އިންޑިއަން އައިޑަލްގެ ދެވަނަ ލިބުނީ އަރުނީތާ އަށެވެ. އަދި ތިން ވަނަ އަށް ހޮވިގެން ދިޔައީ ސަޔާލީ އެވެ.
އައިޑޮލް 12 ގެ ހަތަރު ވަނަ އަށް ދާނިޝް ހޮވުނު އިރު ނިހާލް ދިޔައީ ފަސް ވަނަ އަށެވެ. ހަވަނަ އަށް ހޮވިފައިވަނީ ޝަންނުކާޕްރިޔާ އެވެ.
ސޮނީ ޓީވީއިން ދައްކާ އިންޑިއަން އައިޑަލް ގެ ފައިނަލް ޝޯވް ގައި ގިނަ އަދަދެއްގެ ފަންނާނުން ބައިވެރިވެފައިވާ ކަން ފާހަގަކޮށްލެވެއެވެ.
އެ ޝޯވްގައި ބޮލީވުޑްގެ ޖޯޑެއް ކަމަށްވާ ސިދާތު މަލްހޯތްރާ ގެ އިތުރުން ކިއާރަަ އަދްވާނީ ވެސް ބައިވެރިވިއެވެ.