ads
މާޓިން ކޫޕްމަން އަދި ސުޒޭން
ކޫޕްމަން ބޭރުކޮށް، ސުޒޭނަށް ގައުމީ ޓީމުގެ ކޯޗުކަން
ގައުމީ ޓީމުގެ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން އެ މަގާމުން ވަކިކޮށް، ކެއަރޓޭކާ ކޯޗުގެ ގޮތުގައި ގައުމީ ޓީމުގެ ކޯޗަކަށް އަލީ ސުޒޭން ހަމަ ޖައްސައިފިއެވެ. މިކަން އެފްއޭއެމްގެ ރައީސް އިއުލާންކުރީ ހޯމަ ދުވަހުގެ އެވެ.

މާޓިން ކޫޕްމަން ކޯޗުކަމުން ވަކިކުރީ މި ހަފުތާ ތެރޭގައެވެ. އަދި އޭނާވަނީ މަގާމުން ވަކިކުރުމުން މި ހަފުތާތެރޭ ރާއްޖޭން ފުރާފައެވެ. އޭނާ މަގާމުން ވަކިކުރިއިރު، ތިން އަހަރުގެ މުއްދަތަށް އޭނާގެ ކޮންޓްރެކްޓް އިތުރު ކުރީ މިއަހަރުގެ ކުރީކޮޅުއެވެ. އަދި އޭނާގެ ކޮންޓްރެކްޓް އެންމެ ފުރަތަމަ ހެދިއިރު އޭނާއަށް ދީފައިވާ ޓާސްކަކީ އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައިކޮށްދިނުމާ ސާފް ޗެމްޕިއަންޝިޕް ދިފާއު ކުރުމެވެ.

އަލަށް ކޯޗު ކަމަށް އައްޔަން ކުރި ސުޒޭނަކީ ދިވެހި ކޯޗުންގެ ތެރެއިން އެންމެ ކާމިޔާބު އެއް ކޯޗެވެ. އޭނާއަށް ސާފް ޗެމްޕިއަންޝިޕް ދިފާއު ކުރުމުގެ ޒިންމާ އޮތް ގައުމީ ޓީމު ހަވާލުކުރިއިރު މިހާތަނަށް ހުރީ ކޫޕްމަންގެ އެސިސްޓެންޓަކަށެވެ.

ސާފް ޗެމްޕިއަންޝިޕް އޮންނާނީ އަންނަ އޮކްޓޫބަރު މަހު މާލޭގައެވެ. ސާފް ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ރާއްޖެކަމުގައިވުމުން ސުޒޭނަށް އޮތް ޗެލެންޖަކީ މި މުބާރާތުގެ ތަށި ދިފާއު ކުރުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް