މާމެންދޫ ކައުންސިލްގެ ރައީސް އަހްމަދު އަޒީޒު "ސީއެންއެމް"އަށް ވިދާޅުވީ، އެ ރަށުން ފެނިފައިވަނީ ގދ. ތިނަދޫއިން ކޮވިޑަށް ޕޮޒިޓިވްވި މީހެއްގެ ޑައިރެކްޓް ކޮންޓެކްޓެއް ކަމަށެވެ. އޭގެ ތެރޭގައި އެލްކޭޖީގައި ކިޔަވަމުންދާ ކުޑަކުއްޖަކާއި އެކު ތިން މީހަކު މިހާރުވަނީ ކޮވިޑަށް މާމެންދޫއިން ޕޮޒިޓިވްވެފައި ކަމަށް އަހްމަދު ވިދާޅުވިއެވެ.
މިތިން މީހުންގެ ތެރޭގައި ގުރޭޑް 10ގައި ކިޔަަވަމުންދާ ކުއްޖެއްވެސް ހިމެނެއެވެ. އެހެންކަމުން ސްކޫލްގެ ކިޔެވެންވެސް ވަނީ ބަންދުކޮށްފައެވެ.
އަހްމަދު ވިދާޅުވީ، މިހާރު ދަނީ ކޮންޓެކްޓް ޓްރޭސިން ހަދަމުން ކަމަށާއި، ސާމްޕަލްތައްވެސް ނެގެމުންދާ ކަމަށެވެ. އެހެންކަމުން ރަށުގައި ކޮވިޑް ފެތުރިފައިވާ މިންވަރު އެގޭނީ އެކަންކަން ނިމުމުން ކަމަށް ވިދާޅުވިއެވެ.
މާމެންދޫގެ އިތުރުން ފްލޫ ކްލިނިކަށް ދެއްކި އުމުރުން ހަ އަހަރުގެ ކުޑަކުއްޖެއް ޕޮޒިޓިވްވެ، އދ. ދަނގެތި ވެސް ވަނީ މޮނިޓަރިންއަށް މިރޭ ލާފައެވެ. މިފަހުން މޮނިޓަރިންއިން ގިނަ ރަށްތަކެއެް ނަގާފައިވެއެވެ، ނަމަވެސް އަލުން އެރަށްތައްވެސް އަންނަނީ މޮނިޓަރިންއަށް ލަމުންނެވެ.
މިއަދު މޮނިޓަރިންއަށް ތިން ރަށެއް ލާފައިވެއެވެ. އެއީ މާމެންދޫއާއި، ދަނގެތި އަދި ތިނަދޫ އެވެ. މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ ޖުމުލަ 16 ރަށެކެވެ.
މިވަގުތު މިނިޓަރިންގެ ހާލަތުގައިވާ ރަށްތައް: