ads
ހިމަންދޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރިޔަށް ދަނީ… ފޮޓޯ/އެމް.ޑަބްލިޔު.އެސް.ސީ
ހިމަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ފެށިގެން ކުރިޔަށްދަނީ
އއ. ހިމަންދޫގައި ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފެށިގެން ކުރިޔަށްދާ ކަމަށް އެމް.ޑަބްލިޔު.އެސް.ސީ އިން ބުނެފިއެވެ.

ހިމަންދޫގައި ކުރިޔަށް ގެންދާ އެ މަޝްރޫއު އަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އާއި އެމް.ޑަބްލިޔު.އެސް.ސީ އާ ގުޅިގެން ހިންގާ މަޝްރޫއު އެކެވެ.

އެމް.ޑަބްލިޔު.އެސް.ސީ އިން ބުނީ، ހިމަންދޫގައި ފެނާއި ނަރުދަމާގެ މަސައްކަތަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ސާމާނު މިހާރު އެރަށަށް ގެންގޮސްފައިވާ ކަމަށާއި  މިހާރު ކުރިޔަށް ދަނީ ފެން ޕްލާންޓު ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގް އިމާރާތް ކުރުމުގެ މަސައްކަތް ކަމަށެވެ. 

މި މަޝްރޫޢުގައި ދަށުން ހިމަންދޫގައި 6.35 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރ.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ފެންއުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓޭނެ ކަމަށް އެމް.ޑަބްލިޔު.އެސް.ސީ އިން ބުނެއެވެ. އަދި އޭގެއިތުރުން  ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވޭނެ ކަމަށް އެމް.ޑަބްލިޔު.އެސް.ސީ އިން ބުނެއެވެ.

އެމް.ޑަބްލިޔު.އެސް.ސީ އިން ބުނީ ހިމަންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢުގައި ދަށުން ހިމަންދޫގައި 5.31 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ޤާއިމްކުރުމާއި، 956 މީޓަރގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތް ކުރުމާއި، 3 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާއިމްކުރެވިގެންދާނެ ކަމަށެވެ. 

އޭގެ އިތުރުން  ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެއެވެ. އޭގެ އިތުރުން އެ މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމް.ޑަބްލިޔު.އެސް.ސީ އިން ބުނެއެވެ.  

ހިމަންދޫގައި ކުރިޔަށް ގެންދާ އެ މަޝްރޫޢުގެ އަގަކީ ޖުމްލަ 65,834,544.82 މިލިއަން ދިވެހި ރުފިޔާއެވެ. 

އެ މަޝްރޫޢުގެ 540 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމާށް ބުނާއިރު އެމަޝްރޫޢުގެ މަސައްކަތް ނިމުމުން ހިމަންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް