ads
މާޒިޔާ-ބަޝަންދުރާ މެޗުގެ ތެރެއިން
އޭއެފްސީ ކަޕް: މާޒިޔާއަށް ހިތްދަތި ފެށުމެއް
ރަނގަޅަށް ތައްޔާރުވިނަމަވެސް ހިތްދަތި ގޮތަކަށް މާޒިޔާއަށް އޭއެފްސީ ކަޕު ފަށަން ޖެހިއްޖެއެވެ. މާޒިޔާވަނީ ގްރޫޕް ސްޓޭޖުގައި އެ ޓީމުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝްގެ ބަޝަންދުރާ ކިންގްސް އަތުން ބަލިވެފައެވެ.

ބުދަ ދުވަހުގެ ރޭ ރަސްމީ ދަނޑުގައި ކުޅުނު މެޗުން މާޒިޔާ ބަލިވީ ދެ ލަނޑު ސުން ލަނޑުންނެވެ. މާޒިޔާ ކޮޅަށް ދެ ލަނޑު ވަދެފައިވާއިރު، ފުރަތަމަ ލަނޑަކީ ކެޕްޓަން އިރުފާނުގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ދެވަނަ ލަނޑު ޖެހީ ބަޝަންދުރާގެ ބިދޭސީ ފޯވާޑު ރޮބީނިއޯއެވެ. މެޗުގައި މާޒިޔާ ކޮޅަށް ފުރަތަމަ ލަނޑެއް ވަނުމާއި ހަމައަށް މާޒިޔާއިން ރަނގަޅަށް ކުޅުނެވެ. އެހެންނަމަވެސް ލަނޑު ވަނުމާއި އެކު މާޒިޔާ ކުޅުންތެރިންގެ ހިތްވަރު އެލިގެން ދިޔަތަން ފެނުނެވެ. ދެވަނަ ހާފުގައިވެސް މާޒިޔާ ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔައީ ހިތްވަރު ދެރަކުޅުމެކެވެ. ފުރުސަތުތަކެއް ތަނަވަސް ކުރެވުނު ނަމަވެސް މާ ބޮޑު ހިތްވަރެއް ކުޅުންތެރިންގެ ފަރާތުން ނުފެނެއެވެ.

ހަތަރު ޓީމު ހިމެނޭ ގްރޫޕުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅެ އެއްމެ މޮޅުވާ ޓީމު އަނެއް ބުރަށް ދާއިރު، ފުރަތަމަ މެޗު ގެއްލުމުން މުބާރާތުގައި ކުރިއަށް ދިޔުމަށް މާޒިޔާއަށްވަނީ އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މާޒިޔާގެ ދެވަނަ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ނުކުންނާނީ އިންޑިޔާގެ މޯހަން ބަގާންއާ ދެކޮޅަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް