ads
ޝިލްޕާ އާއްމުކުރި ވީޑިއޯގެ މަންޒަރެއް-
ރާޖު ހައްޔަރުކުރި ފަހުން ފުރަތަމަ ފަހަރަށް ޝިލްޕާ އާންމުގެ ތެރެއަށް
ބަރަހާނާ ފިލްމު ޕްރޮޑިއުސް ކުރި މައްސަލާގައި ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖު ކުންދުރާގެ ހައްޔަރަށް ފަހު އޭނާ ވަނީ އާންމުގެ ތެރެއަށް ނިކުތުން ހުއްޓާލާފައެވެ. ރާޖުގެ ބަންދަށް ފަހު ފުރަތަމަ ފަހަރަށް ޝިލްޕާ ވަނީ ސޯޝަލް މީޑިއާގައި އޭނާ ހިމޭންކަން ނަގާފައެވެ.
Advertisement

ކޮވިޑް-19ގެ ފަންޑްރެއިސާއެއްގައި ބައިވެރިވެ ސޯޝަލް މީޑިއާއަށް ދޫކޮށްލި ސެގްމެންޓެއްގައި ޝިލްޕާ ވަނީ ނުރަނގަޅު ވިސްނުންތަކާ ކުރިމަތިލާނީ ކިހިނެތްކަން ކިޔާދީފައެވެ. 

ޝިލްޕާ ބުނީ އުދަނގޫ ވަގުތުތަކުގައި ނުރަނގަޅު ވިސްނުން އައުމަކީ ގުދުރަތީ ކަމެއް ކަމަށާއި އެވަގުތުތަކުގައި ނަފްސު ކޮންޓްރޯލް ކުރަން ޖެހޭ ކަމަށެވެ. 

އޭނާއަށް އެކަންތަކުގައި ޔޯގާ މުހިއްމު ރޯލެއް އަދާކުރާ ކަމަށާއި އޭނާ މަސައްކަތް ކުރަނީ އަބަދުވެސް ޕޮޒިޓިވްކޮށް ވިސްނުން ބެހެއްޓުމަށް ކަމަށް ޝިލްޕާ ބުނެއެވެ. 

ޝިލްޕާ ވަނީ ރަނގަޅު ސިއްހަތެއްގައި ތިބުމަށް މީހުންނަށް ބާރުއަޅައިފައެވެ. އަދި ޔޯގާގެ މުހިއްމުކަން ވެސް ޝިލްޕާ ކިޔާދިނެވެ. 

ރިލައެންސް އެންޓަޓެއިންމެންޓުން އާއްމުކުރި އެ ވީޑިއޯ އަކި ޝިލްޕާ ފިރިމީހާ ހައްޔަރުކުރި ފަހުން އޭނާ ސޯޝަލް މީޑިއާއަށް ދޫކުރި ފުރަތަމަ ވީޑިއޯއަށް ވާއިރު އެ ވީޑިއޯ ސޯޝަލް މީޑިއާއަށް ދޫކޮށްލިތާ ގިނަ އިރުތަކެއް ނުވަނީ ވަނީ ވައިރަލް ވެފައެވެ.

ފިރިމީހާގެ ހައްޔަރުކުރުމާ ގުޅިގެން މީގެ ކުރިން ބަޔާނެއްގައި ޝިލްޕާ ބުނީ މިވަގުތު އެ އާއިލާގެ ޕްރައިވެސީއަށް އެންމެން ވެސް އިހުތިރާމް ކުރުމަށެވެ. އަދި ކަށަވަރު ނުވާ މައުލޫމާތު ނުފެތުރުމަށްވެސް ޝިލްޕާ އެދިފައިވެއެވެ.

22%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް