ads
ހިޔާ ފުލެޓްތައް
ހިޔާ ޓަވަރުތަކުގެ ލިފްޓްތަކަށް ދިމާވި މައްސަލައަކާ ހެދި ކަރަންޓު މަސައްކަތް މެދުކެނޑިއްޖެ
މިއަދު ކަރަންޓު ދިނުމަށް ނިންމާފައިވާ ހިޔާފްލެޓްތަކުގެ ޓަވަރުގެ ލިފްޓްތަކަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަރަންޓު ދިނުމުގެ މަސައްކަތް މެދުކެނޑިއްޖެ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓުގެ ޓަވަރުތަކަށް ދާއިމީ ކަރަންޓު ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ފެށީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އެފަހުން ކޮންމެ ދުވަހަކުހެން ހިޔާ ފްލެޓްތަކުގެ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ދަނީ ކުރަމުންނެވެ. 

މިއަދު ކަރަންޓު ދިނުމުގެ މަސައްކަތް ކުރަން ހަމަޖެހިފައި އޮތީ 3 އަދި 4 ވަނަ ޓަވަރުން ފްލެޓްތަކަށެވެ. ނަމަވެސް ސްޓެލްކޯއިން ބުނީ، އެ 2 ޓަވަރުގެ ލިފްޓްތަކަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަރަންޓު ދިނުމުގެ މަސައްކަތް އެޗްޑީސީގެ މަޝްވަރާގެ މަތިން މިއަދަށް މެދުކަނޑާލަން ޖެހިފައިވާ ކަމަށެވެ. 

އެޗްޑީސީން މިހާރު ގެންދަނީ އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށާއި އެ 2 ޓަވަަރަށް ކަރަންޓު ދިނުމުގެ މަސައްކަތް ދެން ކުރިޔަށް ގެންދާނެ ދުވަހެއް އެ ޓަވަރުތަކުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސްއެމްއެސް އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް އެންގިގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ. 

ހިޔާ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ކުރަނީ އެދުވަހެއްގައި ކަރަންޓުދޭން ހަަމަޖެހިފައިވާ ޓަވަރުތަކުގެ ފްލެޓްތައް ލިބިފައިވާ ފަރާތްތައް ގެނެސްގެންނެވެ. އެފަރާތްތަކުން އަންނަން ޖެހޭ ގަޑި އަންގަމުންދަނީ އެސްއެމްއެސް މެދުވެރިކޮށެވެ. 

ސްޓެލްކޯއިން "ސީއެންއެމް"އަށް ބުނީ އެދުވަހަކު ކަރަންޓު ދޭ ޓަވަރުތަކުގެ ފްލެޓްތައް ލިބިފައިވާ ފަރާތްތަކުން ކަރަންޓު ދިނުމުގެ މަސައްކަތް ކުރާ ވަގުތު އެތަނަށް ގެނެސްގެން އެމަސައްކަތް ކުރިއަށްގެންދަނީ ފްލެޓްތަކުގައި ކަރަންޓު ހުރިކަން އަމިއްލައަށް އެފަރާތްތަކުން ކަށަވަރު ކޮށް، އެމީހެއްގެ މީޓަރު ހުރިތަން ސާފުކޮށްދީ އެ ފްލެޓެއްގެ ކަރަންޓު މީޓަރު ހަވާލުކުރުމަށް ކަމަށެވެ. 

ކަރަންޓު ދިނުމަށް ހަމަޖައްސާ، އެދުވަހަކު ސްޓެލްކޯއިން އެސްއެމްއެސް ކުރާ ފްލެޓްތަކުގެ މީހުން ޓަވަރުތަކަށް އަންނަންޖެހެނީ އެބޭފުޅަކަށް ހާއްސަ ކުރެވިފައިވާ ގަޑިއަށް އެކުންފުނިން ދޫކޮށްފައިވާ ސްލިޕާއި، ފްލެޓްގެ ތަޅުދަނޑިއާއެކު އެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް