"މިމަސައްކަތް ގުޅޭނީ އެމަސައްކަތާ. އަޅުގަނޑުމެންގެ ވިސްނުމަކީ މަދުވެގެން 1000 ބެޑުގެ ކެޕޭސިޓީ މިރަށުގައި އުފެއްދުން " ހަނިމާދޫ ކައުންސިލް ރައީސް ވިދާޅުވިއެވެ.
ހަނިމާދޫގެ ފަޅުގެ ދިގުމިނުގައި ގާތްގަނޑަކަށް 4.5 ކިލޯމީޓަރު ހުރެއެވެ. ކައުންސިލުން ބުނީ އެރަށުގެ ފަޅުތެރޭގައި ހަދާ ރިސޯޓުތައް ހަދާނީ ކޮންގޮތަކަށްތޯ އަދި ވިސްނާފައި ނުވާ ކަމަށެވެ. އެމަސައްކަތް ކުރެވޭނީ ހިއްކައިގެންތޯ ނުވަތަ ވޯޓަ ވިލާތަކެއް ހަދާނީތޯ ނުވަތަ އެހެންގެންގޮތަކަށް ކުރާނީތޯ މަޝްވަރާ ކުރަމުން އަންނަކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނީ އެމަސައްކަތް ކައުންސިލުގެ މިހިނގާ ދައުރުގެ ތެރޭ ކުރެވޭނެ ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;