ads
ރަސްދޫ ރައްޔިތުން އިހްތިޖާޖުގައި
ރިސޯޓުތައް ބޮޑު ކުރެވެންޏާ ނޯތުހާބަރު ހިއްކައި އަތޮޅު ފިހާރަތައްވެސް ބޮޑުކުރެވެންވާނެ
ރިސޯޓަކީ ދައުލަތުން ދީފައިވާ ކުލީ ބިމެއް ކަމަށާއި (ރިސޯޓުގެ ފަޅު ހިއްކައި ބޮޑުކުރަން) ހުއްދަދޭނަމަ މާލޭ ނޯތު ހާބަރު ހިއްކައި އަތޮޅު ފިހާރަތައްވެސް ބޮޑު ކުރެވެންވާނެ ކަމަށް މިސަރުކާރުން ތައިލެންޑު އެމްބަސީގައި ހުންނަވާ ސެކަންޑް ސެކްރެޓަރީ އަލީ ހާޝިމް ދީދީ ވިދާޅުވެއްޖެއެވެ.
Advertisement

އޭނާ މިހެން ވިދާޅުވެފައިވަނީ އއ. ރަސްދޫ ކައިރީގައި އޮންނަަ މަޑިވަރު ފަޅު ކްރައުން ކޮމްޕެނީގެ ފަރާތުން ހިއްކަމުންގެންދާ މައްސަލައަށް އިޝާރާތް ކުރައްވައެވެ. 

އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިސޯޓުގައި ހިދުމަތްދޭނީ އެތާނގައި ޖާގަ އޮތް ވަރަށް ކަމަށާއި، ޓޫރިސްޓުން ބައިތިއްބާނެ ޖާގަ ނެތިގެން ރިސޯޓުގެ ފަޅު ހިއްކައި ބޮޑުކުރުން ގޯސް ކަމަށެވެ. 

ރަސްދޫ ކައުންސިލުން ބުނީ ކްރައުން ކުންފުންޏަށް އީޕީއޭއިން ކޮންނަން ހުއްދަ ދީފައިވަނީ އއ. ރަސްދޫ މީހުންނަށް އެއްވެސް ވަރަކަށް ވެލި ނެގުން މަނާ ކޮށްފައިވާ ސަރަހައްދަކުން ކަމަށެވެ.

ކްރައުން ކޮމްޕެނީން ހިންގާ ވެލިގަނޑު އައިލެންޑް ރިސޯޓް އެންޑް ސްޕާ އޮންނަ ފަޅުތެރެއިން އެކްސްކަވޭޓަރު ބޭނުންކޮށްގެން ވެލި ނަގައިގެން އިތުރަށް ހިއްކަމުންދާތީ އެ މައްސަލަ ބެލުމަށް ސަރުކާރުގެ ޓީމެއް ރަސްދޫއަށް މާދަމާ ދާގޮތަށް ވަނީ ހަމަޖެހިފައެވެ. 

މިމައްސަލައާ ގުޅިގެން އއ. ރަސްދޫ ކައުންސިލުންނާއި އއ. އަތޮޅު ކައުންސިލުން ވެސް ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި އެމައްސަލަ ބެލުމަށް، މާދަމާ ރަސްދޫއަށް ދަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެންވަޔަރަމެންޓް މިނިސްޓްރީގެ އޮފިޝަލުން ހިމެނޭ ޓީމެކެވެ.

ރަސްދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ އަނިލް ސީއެންއެމް އަށް ވިދާޅުވީ އާދީއްތަ ދުވަހު ވަޑައިގަންނަވާ ޓީމުން ރަސްދޫ ކައުންސިލް އަދި އއ. އަތޮޅު ކައުންސިލާ ވެސް ބައްދަލު ކުރައްވާނެ ކަމަށެވެ. އޭގެ އިތުރުން އެމަސައްކަތް ކުރާ ސަރަހައްދަށް ގޮސް ކަންކަން ހިނގަމުންދާ ގޮތް ވެސް އެޓީމުން ބައްލަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކްރައުން ކޮމްޕެނީން ހިންގާ ވެލިގަނޑު އައިލޭންޑް ރިސޯޓު އޮންނަ މަޑިވަރު ފަޅުތެރޭގައި އިތުރު ރަށެއް ހެދީ މީގެ 12 ވަރަކަށް އަހަރު ކުރިންނެވެ. އެފަޅުގައި އިތުރު ރަށެއް މިހާރު ވަނީ އުފައްދާފަ އެވެ. މައްސަލަ ގޯސްވީ އެރަށް ހިމާޔަތް ކުރުމަށްޓަކައި، އެފަޅުން އަނެއްކާވެސް ވެލި ނަގައިގެން އިތުރު ސަރަހައްދުތައް ހިއްކަން ފެށުމުންނެވެ. 

މަޑިވަރު ފަޅަކީ 2017 ވަނަ އަހަރު ހިމާޔަތް ކޮށްފައިވާ ފަޅެކެވެ. ރަސްދޫ ކައުންސިލުން ބުނީ އެރަށު މީހުންނާއި ތޮއްޑޫ މީހުން ވެލި ނަގާނެ ތަނެއް އެފަޅުތެރެއިން ދައްކައިދޭން އެދިފައިވާކަމަށެވެ. އެހެންނަމަވެސް އީޕީއޭއީން އޭރު ޖަވާބު ދީފައިވަނީ އެފަޅުން ވެލި ނުނެގޭނެކަމަށް ބުނެއެވެ. އަދި ރަސްދޫ މީހުން ވެލި ނަގަން ބޭނުން ވެއްޖެނަމަ ދާންޖެހެނީ އެއަތޮޅުން އެރަށާ އެންމެ ދުރު ސަރަހައްދަށް ކަމަށްވެސް ކައުންސިލުން ބުނެއެވެ.

މިކަމާ ގުޅޭ ގޮތުން ކްރައުން ކޮމްޕެނީ އަށް ގުޅާލުންމުން އެކުންފުނީގެ ބަހެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

މިމައްސަލާގައި އެންވަޔަރަންމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ މިހާރު އީޕީއޭއިން އެމަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލަން އަންގާފައި ވާ ކަމަށާއި، އެންވަޔަރަންމެންޓް މިނިސްޓަރު ވަރަށް ގާތުން އެމައްސަލަ ބައްލަވަމުން ގެންދަވާ ކަމަށެވެ. މަޑިވަރު ފަޅުތެރެ ހިއްކުމާ ދެކޮޅަށް އއ. އަތޮޅުގައި ދަނީ ކެމްޕޭނެއް ހިންގަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް