ads
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް
ބަރުލަމާނީ ނިޒާމު ގެންނަން ރައީސަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަނީ
ބަރުލަމާނީ ނިޒާމު ގެނައުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލައި އެމްޑީޕީ މެންބަރުން ޕެޓިޝަނެއްގައި މިއަދު ސޮއިކުރަން ފަށައިފި އެވެ.
Advertisement

މިމަސައްކަތް ފަށާފައިވަނީ ރަށްދެބައި މަގުގައި ހުންނަ ތޫމް ރެސްޓޯރެންޓުގައި އެމްޑީޕީގެ އާންމު މެމްްބަރުންތަކެއް އިސްވެ ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ބައިވެރިވެ ޕެޓިޝަނުގައި ވަނީސޮއިކުރައްވާ

މި މަސައްކަތް ފެށިފައި މިވަނީ އެމްޑީޕީގެ މެމްބަރުންތަކެއް ކްލަބް ހައުސްގައި ދުވަސްކޮޅެއްވަންދެން ހިޔާލު ފާޅުކުރުމަށްފަހުއެވެ.

މެމްބަރު ބޮންޑޭ ވިދާޅުވީ، ހަގީގީ ލާމަރުކަޒީ ނިޒާމަކުން ގައުމު ހިންގޭނީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްގެން ކަމަށެވެ. ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރުމުން، ރައީސް ބަޔަކު ހޮވައިގެން ކެބިނެޓެއް އެކުލަވާލުމަކީ "އޮލިގާކީ"ގެ ސިފައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ބޮންޑޭ ވިދާޅުވީ ރައްޔިތުން ބޭނުންވެއްޖެ ނަމަ ވެރިކަން ބަދަލުކުރުމުގެ ބާރު ރައްޔިތުންނަށް އޮންނަން ޖެހޭނެ ކަމަށާއި އެކަން ކުރެވޭނީ ބަރުލަމާނީ ނިޒާމެއް އޮވެގެން ކަމަށެވެ.

ބަރުލަމާނީ ނިޒާމު ގެންނަން އެންމެ ބޮޑަށް ވަކާލާތު ކުރައްވާ އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަަދު ނަޝީދެވެ.ރައީސް ނަޝީދު އަބަދުވެސް ވަކާލާތު ކުރައްވަނީ ރާއްޖެއަށް އެންމެ ރަނގަޅު ވެރިކަން ކުރުމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމް ކަމަށް ވިދާޅުވެއެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަރުލަމާނީ ނިޒާމު ގެނައުމާ ގުޅޭ ގޮތުން ވިދާޅުވެފައި ވަނީ އެކަން ނިންމާނީ ރައްޔިތުން ކަމަށެވެ.

ގާނޫނުއަސާސީ އަށް ބަދަލެއްގެންނަނަމަ 66 މެންބަރުންގެ ވޯޓް ބޭނުންވާނެއެވެ. ރިޔާސަތާ ނުލައި އެމްޑީޕީ އަށް ހަމަވާނީ 64 މެންބަރުންނެވެ. ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެމެދު އޮތް ވާދަވެރިކަމުގެ ތެރެއިން އެމްޑީޕީގެ މަޖިލިސް މެމްބަރުން ވެސް ތިބީ ބައިބައިވެފަ އެވެ.

އޯގަސްޓް، 18، 2007 ގައި ދިވެހި ރާއްޖޭގައި ވެރިކަން ކުރަން ފެންނަ ނިޒާމަކީ ކޮބައިތޯ ބެލުމަށް ވޯޓެއް ނަގާފައި ވެއެވެ. ރައީސް މައުމޫނުގެ ފަހު ދައުރުގައި ނެގި އެވޯޓުގައި ވޯޓުލީ 149،380 މީހުންގެ ތެރެއިން 62 ޕަސަންޓް މީހުން ވަނީ ރިޔާސީ ނިޒާމަށް ތާއީދު ކޮށްވޯޓު ދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް