ads
ހިޔާފްލެޓުން ވިޔަފާރިއަށް ދީފައިވާ ދެ ފްލެޓެއް އެއްކޮށްލަނީ
އެއްކޮށްލަނީ އަމިއްލަ މީހެއްގެ ދެ އެޕާޓްމެންޓެއްނޫން: އެޗްޑީސީ
ހިޔާގެ ދެ އެޕާޓްމަންޓެއް ވަކިކުރުމަށް ފާރު ތަޅާލައި އެ ދެ އެޕާޓްމަންޓް އެއްކޮށްލާ މަންޒަރު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފޮޓޯއެއް ދައުރު ކުރަމުން ދިޔަ ނަމަވެސް އެއީ ސުޕަ މާކެޓެއް ހެދުމަށްޓަކައި ހަވާލު ކޮށްފައިވާ ތަނެއް ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.
Advertisement

އެޗްޑީސީން ބުނީ  އެ ފޮޓޯގައި ފެންނަނީ ހިޔާގެ ޓަވަރެއްގެ ގްރައުންޑް ފްލޯ އިން ވިޔަފާރީގެ ބޭނުމަށް ދޫކޮށްފައިވާ ދެ ޔުނިޓު އެއްކޮށްލާ މަންޒަރު ކަމަށެވެ. އެ ކުންފުނިން ބުނިގޮތުގައި، އެތަން ސުޕަމާކެޓެއް ހެދުމަށް ބަޔަކާ ހަވާލުކޮށްފައިވާ ތަނެއް ކަމަށް ވާއިރު، ފާރު ތަޅާލައި ދެ ތަން އެއްކުރުމުގެ މަސައްކަތް ކުރަނީ ވެސް އެޗްޑީސީގެ ހުއްދަ ލިބިގެންނެވެ.

ފްލެޓް އެއްބަސްވުމުގައި ސޮއިކޮށް ތަޅުދަނޑި ލިބުމާ އެކު 25 ބުރީގެ 16 ޓަވަރުން ފްލެޓް ލިބުނު މީހުން މިހާރު އަންނަނީ އެތަން ނިންމުމުގެ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތް ނިންމަން ދީފައިވާ ހަތަރު މަހުގެ މުއްދަތަށް ކުލި ނުހިނގާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ކޮންމެ ދުވަހަކު ވެސް 24 ގަޑިއިރު މަސައްކަތް ކުރެވޭނެ ކަމަށް ފްލެޓްތަކުގެ އެތެރޭގެ މަސައްކަތްތައް ކުރުމުގެ އުސޫލުގައިވެ އެވެ.

އެ އުސޫލުގައިވާ ގޮތުން ހިޔާ ފްލެޓްގެ ސްޓްރަކްޗާ އަަށް އެއްވެސް ބަދަލެއް ގެނައުމަކީ މަނާ ކަމެކެވެ. ފްލެޓްގެ އެތެރޭގައި ޕާޓިޝަނެއް ހަރުކުރާ ނަމަ، އިމާރާތުގެ އެތެރޭގެ ވައި ދައުރުވުމަށް ހުރަސް ނޭޅޭ ގޮތަށް އަދި ޓަވަރަށް ލޯޑް ބޮޑުނުވާނެ ގޮތަށް އެކަން ކުރެވިދާނެ ކަމަށް ވެސް އުސޫލުގައި ކަނޑައަޅާފައި ވެ އެވެ. ކޮންކްރީޓް ޝީޓަށް އިސްކޫރެއް ނުވަތަ އެ ޒާތުގެ އެއްވެސް އެއްޗެއް ޖަހާ ނަމަ އެތެރެއަށް 1 އިންޗި އަށް ވުރެ ފުންކޮށް ތޮރުފުން ވެސް ވަނީ މަނާކޮށްފަ އެވެ.

ހިޔާ ފްލެޓްގެ ކުއްޔަކީ ސާވިސް ފީގެ ގޮތުގައި ނަގާ، 1،000ރ. އާއި ކުލީގެ ގޮތުގައި ނަގާ 7500ރުފިޔާއާއެކު ޖުމްލަ 8500ރުފިޔާއެވެ. 

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް