ލީޑު ރޯލުން ކުޅަދާނަ ބަތަލު ސިދާތު މަލްހޯތްރާ ފެނިގެންދާ އެ ފިލްމުގެ ޝޫޓިން އަލުން ފެށިކަން ހާމަކޮށް ސިދާތު ވަނީ އިންސްޓާގްރާމްގައި ފޮޓޯއެއް ވެސް ހިއްސާކޮށްފައެވެ.
ޝަންތަނޫ ބަގްޗީ ޑައިރެކްޝަން ހަދާ އެ ފިލްމުގައި ސިދާތާއި އެކު ބަތަލާއެއްގެ ރޯލު ކުޅެނީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ބަތަލާ ރަޝްމިކާ މަންދަނާ އެވެ.
"މިޝަން މަޖުނޫ"އަކީ ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކުރާ ފިލްމެއް ކަން ފާހަގަކޮށްލެވެއެވެ.
ސިދާތުގއ މަސައްކަތްތަކެއް ކުރިއަށް ހުރި އިރު އޭނާ އެންމެ ފަހުން ފެނުނީ މި މަހު ރިލީޒްކުރި "ޝޭރްޝާހް" އިންނެވެ.