ads
ރެހެންދި އެވޯޑް ދިނުމަށް މިދިޔަ އަހަރު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ޖެންޑަ މިނިސްޓްރީން ކޮންމެ އަހަރަކު ދެމުންގެންދާ ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޖެންޑަ މިނިސްޓްރީން ކޮންމެ އަހަރަކު ދެމުންގެންދާ ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިމަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

މިއެވޯޑަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަތުމަށް ހަމަޖައްސާފައިވަނީ ދީފައިވާ މުއްދަތުގެ ތެރޭގައި ރަސްމީ ދުވަސްތަކުގައި ހެނދުނު 8:00 އިން މެންދުރުފަހު 14:00 ޖެންޑާ މިނިސްޓްރީންނެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މިއެވޯޑަށް އެދި ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތީގެ ތަފްސީލު ރެހެންދި އެވޯޑަށް ނަން ހުށަހަޅާ ފޯމުގައި ހިމަނާފައިވާނެ ކަމަށެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މި އެވޯޑަށް އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ ފުރުސަތު އަދި މުއައްސަސާ، އޮފީސް، ކުންފުނިތަކުން ނަން ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށެވެ.

ރެހެންދި އެވޯޑް ދިނުމުގެ މަގުސަދަކީ ގައުމީ ތަރައްގީގައި ފާހަގަކުރެވޭ ހިއްސާއެއް އޮވެ ގައުމަށް ބޮޑެތި ލާބަޔާ މަންފާ ލިބޭ ހިދުމަތް ކޮށްދީފައިވާ އަންހެނުންގެ އަގުވަޒަންކުރުމެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް