ads
ނ.ކުޑަފަރީ
ތިމާވެށި ސަލާމަތް ކުރުމަށްޓަކާ ކުޑަފަރީގެ ތަސައްވުރެއް
ނ.ކުޑަފަރީގެ އަމާޒުހުރީ ވީހާވެސް އަވަހަކަށް ތެޔޮ ބޭނުން ކުރުން ހުއްޓާލައި، އެއިން ލިބޭ ގެއްލުން މަދު ކުރާށެވެ. އެކަމައްޓަކައި ކުޑަފަރީ ކައުންސިލުން ކުރާ ތަސައްވުރު ވަރަށްވެސް އެހާމެފޮނި އެވެ.
Advertisement

ތިމާވެއްޓަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަކީ އަހަރެމެން ކޮންމެ މީހެއްގެ ފަރުދީ ޒިންމާއެއްގެ ގޮތުގައި ނަގައިގެން ކުރަން ޖެހިފައިވާ ކަމެކެވެ. ވަކިން ހާއްސަކޮށް ރާއްޖެ ކަހަލަ ބިމުގެ ސަތަހައިން ތިރި ގުދުރަތީ ވަސީލަތްތައްގިނަ ގައުުމުތަކަށް ދިމާވެދާނެ ގެއްލުން ތަކަށް ވަރަށް ބޮޑަށް ވިސްނާ މިކަމަށް ފިޔަވަޅު ނޭޅިއްޖެނަމަ މުޅި ރާއްޖެއަށް މިކަމުގެ އަސަރު ކުރިޔަށް އޮތްތަނުގައި ވަރަށް ބޮޑުވެގެން ހިނގައިދާނެއެވެ.

މިކަމުގައި ނ. ކުޑަފަރި މީހުން މިވަނީ ވަރަށް ރަނގަަޅު ތަސައްވުރެއް ކަނޑައަޅާފައެވެ. އެރަށުގެ ކައުންސިލް ރައީސް އަލީ ޝަމީމް މުހައްމަދު  މިއަދު "ސީއެންއެމް" އަށް ވީދާޅުވީ "އެހީ ބޭނުން ވަނީ މި ބިރުވެރި ހާލަތައް ތައްޔާރު ވުމަށް. ހަތް ކަމެއް ވާނީ އިއުލާނު ކޮށްފައި މައިގަނޑު މަގުސަދަކީ ފޮސިލްފިޔުލް އަށް ބަރޯސާ ވުން ވީއެންމެ އަވަހަކަށް ހުއްޓާލުން. އިރާދަ ކުރެއްވިއްޔާ މިކަން ފަރު ޖައްސާނަން".

ކައުންސިލުން އިއުލާންކޮށްފައިވާ ފުރަތަމަ ކަމަކީ ރާއްޖޭގައި ހެދޭ ގަސްތަށް މުޑުވަށް ކޮށް އާލާކުރުމަށް ނާސަރީއެށް ގާއިމު ކުރުމެވެ. އަދި މުޑުވަށް ކުރާ ގަސްތައް އެރަށުގެ މަގުތަކުގައި ހެއްދުމުގެ މަސަތްކަތް މިހާރު ފެށިފައިވާ ކަމަށާއި އަދި އެކަމަށް ޓެކްނިކަލީ، ފިޒިކަލީ އަދި ފައިނޭންޝިއަލީ އެހީ ބޭނުން ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދެވަނަ ކަމަކަށް ކައުންސިލުން އިއުލާންކޮށްފައި ވަނީ ވިއްސާރައިގައި ފެންބޮޑުވުމުން އެ ފެން ހިންދާނެ އަންޑާ ގްރައުންޑް ފެނުގެ ފަށަލައެއް ގާއިމު ކުރުމެވެ. އަދި އެ ރަށުގައި ޓޫލްސް ލައިބްރަރީއެއް ގާއިމު ކުރުމަކީވެސް ކައުންސިލްގެ ވަރަށް ބޮޑު އުންމީދެކެވެ. 

2026 ވަނަ އަހަރު އައުމުގެ ކުރިން ކުޑަފަރީގައި ބޭނުންކުރާ ހަކަތައިގެ ނިޒާމަކީ އިޔާދަކުރަވަނިވި ހަކަތައަށް ގެނައުމަކީ އެ ކައުންސިލްގެ ތަސައްވުރެެކެވެ. އަދިވެސް އިތުރު ތިން ކަމެއް ކުރުމަށް މިބޭފުޅުންގެ ޕރޮޕޯސަލްގައި ހިމަނާފައި ވެއެވެ.

މިއަދު ސީއެންއެމްއަށް މިކަމާ ގުލޭ ގޮތުން މައުލޫމާތު ދެއްވަމުން ކައުންސިލްގެ ރައީސް މުހައްމަދު ޝަމީމް ވިދާޅުވީ މިކަން ކަން ހާސިލް ކުރުމަށް ވާނީ މުޅި ދުނިޔެއަށް ގޮވާލާފައި ކަމަށާއި ފަހުން އެބޭފުޅުން މިކަމަށް އެހީ ހޯދުމަށް ވަކިފަރާތްތަކުގެ ގާތުގައި އެދޭނެ ކަމުގައެވެ.

"މިކަން ކުރުމަށް މިކަން ހާސިލް ކުރުމަށް އަޅުގަންޑުމެން ވާނީ މުޅި ދުނީޔެއަށް ގޯވާލާފައި އަދި ފަހުން އަޅުގަނޑުމެން ވަކި ފަރާތް ތަކުގައި އެދޭނަން އެހީއަށް. އިރާދަކުރެއްވިއްޔާ އަހަރެމެން ވަރަށް ގަދަ އަޒުމުގަ މިތިބީ" ޝަމީމް ވިދާޅުވިއެވެ.

އޭގެ އިތުރުން ހުރިކަންކަން ފާހަގަކުރަމުން ޝަމީމް ވިދާޅުވީ ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރޭގައި ފަރު ރެސްޓްރޯކުރުމާއި ރިސައިކަލް ކުރެވޭނެ ގޮތަށް ކުނި މެނޭޖު ކުރުން ހިމެނޭ ކަމަށެވެ. 

އެންމެ ފަހު ކަމަކަށް ޝަމީމް ފާހަގަ ކުރެއްވީ ތިމާވެއްޓަށް އަންނަ ބަދަލުތަކާއެކު ވަޒީފާ ގެއްލިގެންދާ ފަރާތްތަކަށް އިތުރު މަގެއް ހޯދައި ދިނުމެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް