ads
އަލިތަކުރުފާނު ޒިޔާރަތް ފާރުކައިރި ކުނި ޖަމާކޮށްފައި..ފޮޓޯ/ސޯޝަލްމީޑިއާ
އާސާރީ ބިނާތަށް ކުނިގޮނޑަކަށް ހަދަން ދޫކޮށްލީތަ!
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ އާސަަރީ ބިނާ ތަކަކީ ދިވެހިންގެ "ހިތް"ތަކާ ވަރަަށް ބޮޑަށް ގުޅިފައިވާ ތަންތަނެވެ. އުތީމު ގަނޑުވަރާއި ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކޮށް ދެއްވި އަބުތޯލުން ފަސްދާނު ލެވިފައިވާ ބިނާ ތަކާއި ފާހަގަކޮށްލެވޭ ހިދުމަތްތައް ކޮށްދެއްވި ބޭބޭފުޅުންގެ ހަނދާނުގައި ބިނާކޮށްފައިވާ ތާރީހީ ތަންތަނާއި އާސާރީ ޒިޔާރަތްތަކަށް ދެވެމުންދަނީ ހައްގު މަގާމުތޯ އެވެ.

އާސާރީ ތަންތަނަކީ ކޮންމެ ގައުމެއްގައި ވެސް އެ ގައުމެއްގެ ވަރަށް މުހިންމު ތަންތަނުގެ ގޮތުގައި ބަލަހައްޓަމުންދާ އަދި ވަރަށް ބޮޑު އިސްކަމެއް ދީގެން ބަލަހައްޓާ ތަންތަނެވެ. އެތަންތަނަކީ ގައުމިއްޔަތާ ގުޅިފައިވާ ތަންތަނުގެ ގޮތުގައި ގައުމުތަކުން ދެކޭ އިރު ދިވެހިންގެ ހިތުގައި އެފަދަ ތަންތަނަށް ދެވޭ ސަމާލުކަމާ މެދު ސުވާލު އުފެދޭ މަންޒަރުތައް ދަނީ ފެންނަމުންނެވެ.

ކަން މިހެން އޮތް ނަމަވެސް މި ފަހަކަށް އައިސް ބައެއް ދިވެހިންގެ ފަރާތުން ފެންނަ މަންޒަރު ބަދަލުވާ ތަން ފެންނަން ފަށައިފިއެވެ. މި ދެންނެވި އާސާރީ ބިނާތަކަށް ދޭން ޖެހޭ ސަމާލުކަން ކުޑަވެގެންދާ މަންޒަރު ފެންނަން ފެށީ ހިތާމަވެރި ގޮތަކަށެވެ. ޝަހީދު އަލީ ހިނގުމުގައި ހުންނަ އަލި ރަސްގެފާނުގެ ޒިޔާރަތަށް ބަލައިލުމުން ވެސް ފެންނަނީ އެއްގޮތަކަށް ވެސް ފެންނަން ޖެހޭނެ މަންޒަރެއް ނޫނެވެ. 

އަލި ރަސްގެފާނު ޒިޔާރަތަކީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ހިމާޔަތްކޮށް ސަލާމަތް ކޮށްދެއްވުމުގައި އަލި ރަސްގެފާނު ދިވެހި ގައުމަށް ޓަކައި، ކޮށްދެއްވި އަގުނުކުރެވޭ ގުރުބާނީގެ ހަނދާނުގައި ބިނާކުރެވިފައި ހުންނަ ޒިޔާރަތެކެވެ.

އަލި ރަސްގެފާނުގެ ޒިޔާރަތް ކައިރި ކުނި ގޮނޑަކަށް ބަދަލުކޮށްލީ ވެސް ހަމަ ބައެއް ދިވެހިންނެވެ. މިއީ ހިތާމަކުރަން ޖެހޭ ވަރުގެ ކަމެކެވެ. ޒަމާންނުންސުރެ އެފަދަ އާސާރީ ބިނާތަކަށް އޮންނަ އިހުތިރާމާއި ގަދަރު މިފަދަ މަންޒަރަކުން ކުޑަ ވެގެންދިޔަ ތަން ފެންނަން ފެށުމާއެކު ބައެއް ދިވެހިންނަށް "ހަޖަމެެއް" ނުވި އެވެ.

އެ އަމަލު އެގޮތަށް ނުހިންގުމަށް އެދި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ގިނަ ބަޔަކު އަންނަނީ އަޑު އުފުލަމުންނެވެ. އެފަދަ ތަންތަނަށް އޮންނަ ލޯތްބަށް އިހުތިރާމް ކުރުމުގެ ބަދަލުގައި "ނަޖިސް" ތަނަކަށް ހެދިޔަ ދީގެން ނުވާނެ ކަމަށް އަންނަނީ ބުނަމުންނެވެ. 

"މިއީ ހިތާމަ ހުރި ކަމެއް، ކޮންމެ ބަޔަކު ކުރިޔަސް އެއީ ވަރަށް ހަޑި އަމަލެއް. އެ ފެންނަނީ ބައެއް ދިވެހިންނަށް އެ ތަންތަނުގެ މުހިއްމު ކަމާއި ކުރަން ޖެހޭ އިހުތިރާމް ނޭނގޭ ކަމުގެ ހެެއްކެއް،" މީހަކު ސޯޝަލް މީޑިއާގައި މީހަކު ބުނެފަވެއެވެ.

އެހެން މީހަކު ބުނެފައިވަނީ އަލިރަސްގެފާނު ޒިޔާރަތް ހުރި ސަރަހައްދުގެ މީހުންގެ ރަސްމީ ކުނި ގޮނޑަކަށް ހަދައިފި ކަމަށާއި ވެމްކޯ މަތިން އެމީހުން ހަނދާން ނައްތާލައިފި ކަމަށެވެ. އޭނާ ވެސް ވަނީ އެ ބިނާ އަށް ކުނި އެޅުން ހުއްޓުވުމަށް ގޮވާލާއި އެކަމާއި ދެކޮޅަށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކާފައެވެ. 

މީގެ ދުވަސްތަކެއް ކުރިން ވެސް މިފަދަ އާސާރީ ބިނާތައް ކައިރިއަށް ކުނި ޖަމާކުރާ ކަމުގެ ޝަކުވާ ވަނީ އެފަދަ ތަންތަން ބަލަހައްޓާ ހެރިޓޭޖް މިނިސްޓްރީއަށް ވެސް ލިބިފައެވެ. އަދި އެފަދަ އަމަލުތައް އެގޮތަށް ނުކުރުމަށް ހެރިޓޭޖުން ކެނޑި ނޭޅި އަންނަނީ އިލްތިމާސްކުރަމުންނެވެ. 

ދިވެހިންގެ ގައުމީ ބިނާތައް ނޫނީ އާސާރީ ބިނާތަކަށް އޮންނަ ލޯތްބާއި ގަދަރު މިފަދަ ގޮތްގޮތަށް ކެނޑޭ ފަދަ އަމަލުތަކުގެ ސަބަބުން އަންނަ ޖީލުގެ މީހުންނަށް ގައުމީ ބިނާތަކަށް ދެވޭ ސަމާލުކަމާއި ގައުމިއްޔަތު ދިރުވުމުގެ މުހިންމުކަން ކެނޑިގެން ހިނގައިދާނެ އެވެ. އެހެން ވެއްޖެ ނަމަ ގައުމިއްޔަތުގެ މުހިންމުކަމާއި ގައުމީ އަބުތާލުންގެ މުހިންމުކަން ކިޔަވާކުދިންނާއި ޒުވާނުންގެ ހިތްތަކުން ފިލައިގެން ހިނގައިދާނެ އެވެ. އެ މަގަށް ގައުމުގެ އިޖުތިމާއީ ފޭރާން ބަދަލުވަމުންދާ ނަމަ އެއީ ދިވެހިން ލަދުގަންނަން ޖެހޭވަރުގެ ކަމެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް