ads
ރިލްވާނާއި ޔާމީން ރަޝީދުގެ އާއިލާ އިން ބޭއްވި ހިނގާލުމެއްގައި ރައީސް އިބްރާހީމް ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ
ޔާމީންގެ މަރުގެ މައްސަލާގައި ޕީޖީ ދެއްކެވި ވާހަކަތަކަށް ކޯޓުން ރައްދު ދީފިި
ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ދެ ދުވަސް ތެރޭގައި ނިންމައި، ހުކުމް ކުރެވޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވިނަމަވެސް ކޯޓުން ޝަރީއަތްތައް ހިންގަން ޖެހެނީ ގާނޫނުގައި ބުނާ އިޖްރައާތުތައް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށާއި އެންމެ އަވަހަށްވެސް ހުކުމް އިއްވޭނެ ކަމަށް ބެލެވެނީ ޑިސެމްބަރު މަހު ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
Advertisement

އެ މައްސަލާގައި މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގައި އިއްޔެ ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވަނީ ބްލޮގަރު ޔާމީންގެ މަރުގެ މައްސަލަ ދެ ދުވަސް ތެރޭގައި ނިންމައި، ހުކުމް ކުރެވޭނެ ކަމަށާއި މަރުތަކާ ބެހޭ ކޮމިޝަންގެ ސިޓީއަކާ އެކު، އެ މައްސަލަ އަވަސްކޮށްދޭން ކޯޓުގައި އެދިފައިވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އަންނަ ނޮވެމްބަރުު މަހު އެ މައްސަލަ ނިންމަން އެދިފައިވާނެ ކަމަށްވެސް ޕީޖީ ޝަމީމް  ވިދާޅުވިއެވެ.

އެ ވާހަކަތަކަށް ރައްދުދެއްވައި ކްރިމިނަލް ކޯޓުން ނެރުނު ބަޔާނުގައި ބުނީ، އެ މައްސަލަ ދެ ދުވަސް ތެރޭގައި ނިންމައި، ހުކުމް ކުރެވޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ކޮމެޓީގައި ވިދާޅުވިޔަސް، ކޯޓުން ޝަރީއަތްތައް ހިންގަން ޖެހެނީ ގާނޫނުގައި ބުނާ އިޖްރައާތުތައް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށާއި، ކޯޓުން މަސައްކަތް ކުރަނީ އިޖްރައާތުތަކާ އެއްގޮތަށް އަދި ހައްގުުތައް ނުގެއްލޭ ގޮތަށް އެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އެހެން ނޫންނަމަ، އިސްތިއުނާފް މަރުހަލާގައި އެ ނިންމުމެއް ބާތިލްވުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޔާމީންގެ މައްސަލަ ކުރިއަށް ގެންދަނީ ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބުނާ ފަދަ ތާވަލެއް އެކުލަވާލުމެއް ނެތި ކަމަށްވެސް ޕީޖީ އިއްޔެ ވަނީ ވިދާޅުވެފައެވެ. އެކަމަށް ރައްދުދީ ކްރިމިނަލް ކޯޓުން ބުނީ އެ މައްސަލަ ކުރިއަށް ގެންދަނީ ތާވަލެއް އެކުލަވާލައިގެން ކަމަށާއި، ކުރިއަށް އޮތް ތިން މަހަށް ވެސް ތާވަލް އެކުލަވާލައި، މައްސަލާގައި ހިމެނޭ ހުރިހާ ފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ. އަދި މަރުގެ މައްސަލަ ދެ ދުވަސް ތެރޭގައި ނިންމައި، ހުކުމް ކުރެވޭނެ ކަމަށް ޝަމީމް ވިދާޅުވިނަމަވެސް ކޯޓުގެ ބަޔާނުގައި ބުނެފައިވަނީ އެމައްސަލާގައި ހުކުމް ކުރެވޭނީ ޑިސެމްބަރު މަހު ކަމަށެވެ. ޑިސެމްބަރު މަހުވެސް ހުކުމް ކުރެވޭނީ ތާވަލާ އެއްގޮތަށް މައްސަލަ ކުރިއަށް ދާނަމަ ކަމަށް އެބަޔާނުގައި ވެއެވެ.

މަރުތަކާ ބެހޭ ކޮމިޝަންގެ ސިޓީއަކާ އެކު، އެ މައްސަލަ އަވަސްކޮށްދޭން ކޯޓުގައި އެދުނު ކަމަށް ޕީޖީ ވިދާޅުވެ ދެއްކެވި ވާހަކަތަކަށް ރައްދުދީ އެ ބަޔާނުގައި ބުނީ މަރު ކޮމިޝަންގެ ސިޓީއަކާ އެކު އެފަދަ އެއްވެސް ސިޓީއެއް ލިބިފައިނުވާ ކަމަށެވެ. އަދިި މިހާރު އެ މައްސަލަ ބައްލަވާ ގާޒީ އެ މައްސަލަ ބެއްލެވުމާ ހަވާލުވެ ވަޑައިގަތް ފަހުން މައްސަލަ އަވަސްކޮށްދޭން އެދި ދައުލަތުން ސިޓީ ފޮނުވާފައިވަނީ މިމަހުގެ ކުރީކޮޅު އަދި އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

މީގެ އިތުރުން އަންނަ ނޮވެމްބަރުު މަހު އެ މައްސަލަ ނިންމަން އެދި އެފަދަ އެެއްވެސް ހުށަހެޅުމެއް ލިބިފައި ނެތް ކަމަށް އެ ބަޔާނުގައި ބުނެފައިވާއިރު، އަޑުއެހުންތައް ނުބޭއްވި ގިނަ ދުވަސްތަކެއް ވެފައިވަނީ ދިމާވީ ކޮވިޑް-19 ގެ ހާލަތުގެ ސަބަބުން ކޯޓަށް މީހުން ހާޒިރު ކުރުމުގައި ހުރި ދަތިތަކެއް ކުރިމަތިވާތީ ކަމަށް ބުނެފައިވެއެވެ. ކްރިމިނަލް ކޯޓުގެ ބަޔާނުގައި ބުނީ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވެސް އެކަން ސާފުކޮށްދީފައިވާނެ ކަމަށެވެ.

ޔާމީންގެ މަރުގެ މައްސަލައަށް މިހާރު ވަނީ ހަތަރު އަހަރަށްވުރެ ގިނަ ދުވަސް ވެފައެވެ. ހަތަރު އަހަރަށް ވުރެ ގިނަ ދުވަސްވީއިރު ވެސް އެމައްސަލާގައި ގޮތެއްނިންމުން ލަސްވާތީ، އޭނާގެ އާއިލާގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. 

މީގެ ހަތަރު އަހަރު ކުރިން، 2017 ވަނަ އަހަރުގެ އޭޕްރީލް މަހު 23 ވަނަ ދުވަހުގެ ރޭ ދަންވަރު 2:59 ހާއިރު ޔާމީން ރަޝީދު މަރާލީ އޭނާ ގޭގެ ސިޑި ގޮޅީގައެވެ. ބަޔަކު ވަރަށް ރާވައިގެން ޔާމީނަށް ހަމަލާ ދިނީ، އޭނާ ވަޒީފާ ނިންމާލާ، އެނބުރިގެއަށް އައި ވަގުތުގައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް