މޯލްޑިވް ގޭހުގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި
03 އޮކްޓޯބަރ 2019 - 14:28:29
މޯލްޑިވް ގޭހުގެ 20 ވަނަ އަހަރީ ދުވަސް މިއަދު ހެނދުނު ހުޅުމާލޭގައި ފާހަގަކޮށްފި އެވެ.

މި މުނާސަބާގައި އެ ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން ހާއްސަ ކޭކެއް ފެޅި އެވެ. ރަސްމިއްޔާތުގައި ކޭކު ފަޅައިދެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަޒާއިލް ޝިޔާމެވެ.
މީގެ އިތުރުން، ކުންފުނީގެ މުވައްޒަފުންގެ ތެރޭ ނެގުނު ގުރުއަތަކުން ނަސީބުވެރި ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ވެސް ބަހާލި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ވާހަކައިގައި މުވައްޒަފުންގެ މުސާރަ ބޮޑުކޮށް، ބޯނަސްތައް އިތުރު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ފާހަގަކުރެއްވި އެވެ.
މުވައްޒަފުންގެ ކުރިއެރުމެއް ރާވާފައިވާ ކަންކަމުގެ ތެރެއިން އަންނަ އަހަރުން ފެށިގެން އެ ކުންފުނީގެ ކޮންމެވެސް ދެ މުވައްޒަފަކަށް ކުންފުނީގެ ހައްޖު ދަތުރެއް ދޭން ނިންމާފައިވާކަން ވެސް އިއުލާން ކުރެއްވި އެވެ.
ކުންފުންޏަށް ދިމާވާ އެއް މައްސަލައަކީ ޓެކްނިކަލް މުވައްޒަފުން މަދުވުން ކަމަށާއި އެކަން ހައްލު ކުރުމަށް ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލާނެ ކަމަށް ޝަޒާއިލް ވިދާޅުވި އެވެ.
މޯލްޑިވް ގޭހުގެ 20 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އާންމުންނަށް ވަނީ ޕްރޮމޯޝަނެއް ހުޅުވާލައިފަ އެވެ. އެއީ ކޮންމެ 20 ވަނަ ކަސްޓަމަރަކު ބައްލަވައިގަންނަ މުދާ ހިލޭ ލިބޭ ޕްރޮމޯޝަނެކެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ މޯލްޑިވް ގޭހުގެ އައުޓަލެޓްތަކުގައި މިއަދު ހެނދުނު 08:00 އިން މިރޭ 10:00 އަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް