ads
ހުޅުމާލޭގައި އަލަށް ގާއިމް ކުރި ޒަމާނީ ފެންވަރުގެ ޓަވަރުތައް
މުވާސަލާތީ ހިދުމަތްދޭ ހުރިހާ އޮޕަރޭޓަރުން އެއް ޓަވަރެއް ބޭނުންކުރުން މުހިއްމު: އެޗްޑީސީ
ދިވެހިރާއްޖެއަކީ ކުދިކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް ބިނާވެގެންވާ ގައުމަކަށްވާތީ، ކޮންމެކަހަލަ ބޭނުމެއްގައި ވިޔަސް ވިއުގައެއް ބިނާކުރުމަކީ ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިނުލާ ކުރެވޭ ވަރުގެ ކަމެއް ނޫނެވެ.

ވަކިން ހާއްސަކޮށް މުވާސަލާތީ ބޭނުންތަކަށް ވިއުގައެއް ބިނާކުރުމުގައި ގޮންޖެހުންތަށް އިންތިހާއަށް ބޮޑެވެ. އެއީ ކޭބަލްގެ ޒަރީއާއިން، ނުވަތަ މައިކޮރޯވޭވް ވިއަސްމެއެވެ. ޓެލެކޮމް ވިއުގައެއް ބިނާކުރުމުގައި ބޭނުންކުރެވޭ ދެގޮތުގެތެރޭގައި ހިމެނޭ މައިކޮރޯވޭވް ޑިޖިޓަލް ރޭޑިއޯ އަކީ ދިވެހިރާއްޖޭގައި އެއްމެގިނައިން މިފަދަ ވިއުގަ ބިނާކުރެވޭ ގޮތެވެ. މިގޮތް ބޭނުންކުރަނީ އާއްމުގޮތެއްގައި އެއްރަށާއި އަނެއްރަށް ގުޅާލުމަށެވެ. ސަބަބަކީ ކޭބަލުން ރަށްތައް ގުޅާލުމަކީ ވަރަށްވެސް އަގުބޮޑު އަދި ބެލެހެއްޓުމުގެ ޚަރަދާއެކު ނުލާހިކު ބިޔަ ބޮޑުއިންވެސްޓްމަންޓަކަށް ވެގެންދާނެތީއެވެ.

your imageހުޅުމާލޭގައި ގާއިމް ކުރާ ޓަވަރުތައް

މިގޮތަށް ކޭބަލްއާއި ނުލާ ރަށްތައް ގުޅާލުމަށްޓަކައި އުސް ކޮމިއުނިކޭޝަން ޓަވަރ ތަކެއް ގާއިމް ކުރަން ޖެހެއެވެ. އެއީ ވަކިވަކިރަށްތައް ގުޅާލުމަށްޓަކައެވެ.  އެއްފަސް ރަށްތަކެއް ކަމުގައިވަނީނަމަ، ކޭބަލްއިން ގުޅާލުމަކީ ފަސޭހައިންކުރެވެން އޮއްނަކަމެކެވެ. އެގޮތުން އައްޑު އަތޮޅުގެ ގިނަރަށްތަކެއް ގުޅައިލެވިދާނެއެވެ. ހަމަ އެހެންމެ، ލާމުގެ ގިނަރަށްތައްވެސް މިގޮތަށް ގުޅައިލެވިދާނެއެވެ. މާލެސިޓީ މިވަގުތުދަނީ މިދެންނެވިގޮތަށް ކޭބަލުން ގުޅާލެވެމުންނެވެ.

your imageހުޅުމާލޭގައި ހަދާފައިވާ ޓަވަރެއް: މުވާސަލާތީ ހިދުމަތްދޭ ފަރާތްތަކުން އެއްޓަވަރެއް ބޭނުން ކުރުން މުހިއްމު

ރާއްޖޭގެހުރިހާ ރަށެއްގައިވެސް މިދެންނެވި ޓަވަރުތަށް ފެންނަންހުންނާއެވެ.  ބައެއްރަށްރަށުގައި ދެޓަވަރު، ނުވަތަ ތިންޓަވަރުވެސް ޖަހާފައި އެބަހުށްޓެވެ. މޮބައިލް ސިގްނަލް މުޅިސަރަހައްދަށް ފޯރުކޮށްދިނުމަށްޓަކައި ޓަވަރުތައް ބޭނުންވެއެވެ. އެހެން ނަމަވެސް އަޅުގަނޑުމެންގެ ރާއްޖެކަހަލަ ފަސްގަޑުކުދި ރަށްތަކުގައި މިފަދަ ގިނައަދަދެއްގެ ޓަވަރުތައް ނުޖަހާވެސް ފަރުޖެއްސިދާނެއެވެ.  ކޮންމެ އޮޕަރޭޓަރަކަށް ވަކިޓަވަރެއް ހުރުމަކީ ކޮންމެހެން ލާޒިމްކަމެއްނޫނެވެ.. އެއްޓަވަރުން ހުރިހާ އޮޕަރޭޓަރުންނަށްވެސް ބޭނުން ކުރެވިދާނެއެވެ. މިގޮތަށްމިހާރުވެސް ބައެއްރިޒޯޓްތަކަށް ޙިދުމަތް ފޯރުކޮށްދެއެވެ. އެއީ އެރިޒޯރޓް އޮޕަރޭޓްކުރާފަރާތުން އެއްޓަވަރައްވުރެން ގިނައިން ނުޖެހުމަށް ބާރުއެޅުމުންނެވެ.

މިއީކުރެވިދާނެކަމެއްކަން މިއަދު ހުޅުމާލޭގެ ފޭސް ދޭއްގައި ،އެޗް.ޑީ.ސީ އިން ގާއިމްކޮށްފައިވާ ކޮމިނިކޭޝަން ޓަވަރުތަކަށް ބަލާލުމުން އެނގިގެންދެއެވެ. އާރބަން ޕުލޭނިންގެ ދަށުން އެޗް.ޑީ.ސީ އިން ދަނީ ޓެލެކޮމް މުޅިއިންފްރާސްޓަރްކްޗަރ ގާއިމް ކުރަމުންނެވެ. މިއީ ރާއްޖެގައި ފުރަތަމަފަހަރަށް، އޮޕަރޭޓަރުން ފިޔަވައި އެހެން ފަރާތަކުން މިފަދަ ބޮޑުއިންވެސްމަންޓެއް ކުރެވުނު ފަހަރެވެ. މީގެ ސަބަބުން އޮޕަރޭޓަރުންނަށް ނުހަނު ގިނަ ލުއިފަސޭހަތަކެށް ލިބިގެންދާނެކަމީ މިއަދު އޮޕަރޭޓަރުންވެސް ގަބޫލު ކުރާކެމެވެ. ހާއްސަކޮށް ޚިދުމަތްތައް އަވަހަށް ފޯރުކޮށްދިނުމުގެ ކަންކަމުގައެވެ.

އެޗް. ޑީ. ސީ އިން މުޅި ޓެލެކޮމް އިންފްރާ ބީނާކުރަމުން ދަނީ މަލްޓި އޮޕަރޭޓަރ ނުވަތަ އެއްފަހަރާ ގިނައަދަދެއްގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަށް ބޭނުންވިއަސް ، އެއްވިއުގަ މެދުވެރިކޮށް ރައްޔިތުންނަށް އެހިދްމަތްތައް ފޯރުކޮށްދެވޭނެ ގޮތަށް މުޅިނެޓްވޯކް ޑިޒައިން ކޮށްގެނެނެވެ. އަދިވަކިން ހާއްސަކޮށް، މި މަޝްރޫޢު ތަކަކީ އޮފަރޭޓަރުންނަށްވެސް މާލީގޮތުން މަންފާ ކުޑަނުވާނެ ގޮތަށް ބެލުމަށްފަހު، އޮޕަރޭޓަރާއި، ކޮމިނިކޭޝަން އޮތޯރިޓީ އާއި އަދި ދާއިރާގެ މިނިސްޓްރީތަކާއި ގުޅިގެނެން ކުރިޔަށްގެންދެވޭ މަސައްކަތްތަކެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް