ads
އިންނަމާދޫގައި ފެނާއި ނަރުދަމާ ކުރިއަށްދަނީ…ފޮޓޯ/އެމްޑަބްލިޔުއެސްސީ
އިންނަމާދޫ ފެނާއި ނަރުދަމާގެ މަސައްކަތް ފެށިގެން ބާރަށް ކުރިއަށް!
ރ.އިންނަމާދޫގައި ގާއިމު ކުރާ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް މާލޭ ވޯޓާރ އެންޑް ސްވަރެޖް ކޮންޕެނީ(އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ.

އެ މަޝްރޫއުގެ ޖުމްލަ 50,771,305.43 މިލިއަން ދިވެހި ރުފިޔާއެއެވެ.

އެރަށުގައި ކުރިއަށް ގެންދާ އެ މަޝްރޫއު އަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

އެމްޑަބްލިޔުއެސްސީ އިން ބުނީ، އެ މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު އެރަށަށް ގެންގޮސްފައިވާ ކަމަށެވެ. 

އޭގެ އިތުރުން މިވަގުތު ކުރިއަށްދަނީ ކުރިޔަށްދަނީފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތް ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުނެއެވެ. 

އިންނަމާދޫގައި ކުރިއަށް ގެންދާ އެ މަޝްރޫއުގެ ތެރެއިން 8.33 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރ.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓޭނެއެވެ.

އޭގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނުގެ އިތުރުން މި ގެތަކަށް ރައްކާތެރި ބޯފެން އެ މަޝްރޫއުގެ ދަށުން ފޯރުކޮށްދެވިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުނެއެވެ.

ޖުމްލަ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކުރިއަށް ގެންދާ  މަސައްކަތް ނިމުމުން އިންނަމާދޫގެ ރައްޔިތުންނަށް ސާފު ބޯފެން ލިބިގެންދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް