ads
ޓީވީ އަދި ރޭޑިއޯ ހޯސްޓު މިޒޫ…ފޮޓޯ/ސޯޝަލް މީޑިއާ
މިއުޅެނީ ޑްރީމް ޖޮބްގައެއް ނޫން: މިޒޫ
ހުށަހަޅައިދިނުމުގެ ދާއިރާ އަކީ ކުރިން ޑްރީމް ކުރި ދާއިރާ ނޫން ކަމަށާއި ޑްރީމް ކުރި ޖޮބަކީ ކެބިން ކުރޫ އަކަށް ވުން ކަމުގައި މަޝްހޫރު ޓީވީ އަދި ރޭޑިއޯ ޕްރެޒެންޓަރު މިޒުނާ އަހުމަދު (މިޒޫ) ބުނެފިއެވެ.
Advertisement

ދިވެހި ޗެނަލް އިން ގެނެސްދިން “ބިއްލޫރި ފަންގިފިލާ” ޕްރޮގްރާމްގައި ވާހަކަ ދައްކަމުން މިޒޫ ބުނީ، ސްކޫލު ދައުރުގައި އުޅުނު އިރުވެސް އެންމެ ވާން ބޭނުންވަނީ ކޮންކަހަލަ މަސައްކަތެއް ކުރާ މީހަކަށްތޯ ސުވާލުކުރުމުން ވެސް ބުނަނީ ވާން ބޭނުންވަނީ ކެބިން ކުރޫ އަކަށް ކަމަށެވެ.

ކެބިން ކުރޫ އަކަށް ނުވި ސަބަބު ޕްރޮގްރާމްގައި ހިއްސާ ނުކުރި ނަމަވެސް މިޒޫ ބުނީ، ޕްރެޒެންޓިންގެ ދާއިރާ އަކީ ދުވަހަކުވެސް ހުވަފެނުގައި ވެސް ދެކުނުކަމެއް ނޫން ކަމަށެވެ.

މިޒޫ ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތްކުރާތާ 20 އަހަރު ވީއެވެ. އޭނާ އަކީ ބެލުންތެރިންނާއި އެހުންތެރިންގެ ލޯތްބާއި ސަޕޯޓް ފުރިހަމައަށް ލިބިފައިވާ ރާއްޖޭގައި ފާހަގަކޮށްލެވޭ ޕްރެޒެންޓަރެކެވެ. 

your image“ބިއްލޫރި ފަންގިފިލާ”ޕްރޮގްރާމްގައި މިޒޫ…

ދިވެހި ރާއްޖޭގެ އަޑުގެ ލައިބްރަރީގެ ބައިގައި ވަޒީފާ އަދާކުރަން ފެށި ދުވަސްވަރުގެ ހަނދާން އާކުރަމުން އެ ޕްރޮގްރާމްގައި މިޒޫ އިތުރަށް ބުނީ، ގިނަ ޕްރޮޑިއުސަރުންތަކެއްގެ ފުރިހަމަ މަސައްކަތްތަކެއް ފެންނާތީ ހުށަހަޅައިދިނުމުގެ ތެރެއަށް ދާން ބޭނުންވި ކަމަށެވެ. އެގޮތުން ހުރި ޝައުގުވެރިކަމެއްގެ ބޮޑުކަމުން އެއް އަހަރު ފަހުން މަތީ ފަރާތްތަކަށް ސިޓީ ފޮނުވައި އެ ދާއިރާގެ ތެރެއަށް ވަދެވިގެންދިޔަ ކަމަަށެވެ. 

"ލައިބްރަރީ އަކީ ޕްރޮޑިއުސަރުންގެ ޕްރޮގްރާމްތައް ގެންނަ ތަން. އެތާގަ އިންނައިރު ވާގޮތަކީ އެ ގެންނަ އެއްޗެހީގައި ހުންނަ އެއްޗެހި ވަރަށް ކިޔާހިއްވޭ. އެމީހުން ގެންނަ ޕްރޮގްރާމްތައް ވަރަށް އަޑުއަހާހިތްވޭ. އެހެން އަޑު އަހާތީ އެކަން ކުރަން ހިތްވެ ޝައުގުވެރިކަން އުފެދުނީ" މިޒޫ ބުންޏެވެ.

މިޒޫ ބުނީ، ޕްރެޒެންޓު ކުރުމުގެ ދާއިރާގައި މިޒޫ "މިޒޫ" އަކަށް ހަދައިދީ ކާމިޔާބު ކަމާއެކު މިހާ ހިސާބައް އައުމުގެ ފަހަތުގައި ތިބީ ދެގޮތެއްނުވާ ބެލުންތެރިންނާއި އެހުންތެރިން ކަމަށެވެ. އޭގެ އިތުރުން އެ ދާއިރާގައި ސާބިތުކަން މަދީ ބަދަލެއް ނައިސް ދެމިހުރުމުގެ ފަހަތުގައި ފިރިމީހާ އާއި އާއިލާ ތިބޭކަމަށް މިޒޫ ބުންޏެވެ.

your imageޕްރެޒެންޓަރ މިޒޫ…ފޮޓޯ/ސޯޝަލް މީޑިއާ

މިޒޫ ބުނީ، އެ ދާއިރާގައި ދިގު މުއްދަތަކު މަސައްކަތް ކުރެވުނު އިރު 2004 ވަނަ އަހަރުގެސުނާމީ ކަވަރޭޖް އަކީ އޭނާގެ ހަޔާތުގައި ފާހަގަކޮށްލެވޭ ހިތްހަމަޖެހުނު މަސައްކަތެއް ކަމަށެވެ. ސަބަބަކީ އޭރުގެ ރާއްޖޭގެ މަޝްހޫރު ޓީވީ ޕްރެޒެންޓަރުން ތަކަކާއެކު ކުރެވުނު މަސައްކަތަކަށް ވުމުން ކަމަށް އޭނާ އެ ޕްރޮގްރާމްގެ ތެރެއިން ބުންޏެވެ.

ދިވެހި އެފްއެމް އަދި ރާއްޖެ އެފްއެމްގެ ވެސް ކާމިޔާބި ޝޯތަކެއް ހުށަހަޅައިދިން މިޒޫ އަކީ ޓީވީއެމް އިން ގެނެސްދިން "އެހަނދާނުގައި" ގެ ބައެއް ސީޒަންތަކުގެވެސް ހޯސްޓެވެ. އަދި "ފިލްމީ އުދަރެސް"، "ހެނދުނު ހެނދުނާ" ގެ އިތުރުން ކޮންމެ ރޯދަ މަހަކު ގެނެސްދޭ "މިވަގުތު" ޕްރޮގްރާމް އިން ވެސް މިޒޫ ޕްރެޒެންޓަރެއްގެ ގޮތުގައި ފެނިގެންދެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް